ކޯވިޑްގެ ހާލަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ބެލެހެއްޓެވީ ވަރަށް ރަނގަޅަށްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައިފިއެވެ.
މޭ 6 ބޮމުގެ ހަމަލާއަށްފަހު ބޭއްވެވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ރައީސް ނަޝީދު ވަނީ ކޯވިޑާއި ގުޅިގެން ސަރުކާރުން އަމަލުކުރެއްވިގޮތާއި އަދި އަމަލުކުރައްވަމުން ގެންދަވާގޮތަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރައީސް ސާލިހުގެ ސަރުކާރުން އަމަލުކުރެއްވި ގޮތުގެ ސަބަބުން ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"މި ރޯގާގެ ކަންކަމުގައި ސަރުކާރު ހިންގަވަމުން ގެންދެވި ގޮތާއި އަދި ރޯގާއާއި ގުޅޭގޮތުން އަމަލުކުރައްވަމުން ގެންދެވިގޮތް އެއީ އަޅުގަނޑު ދެކޭގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަރަށް ބައްލަވައިގެން ވަރަށް ފުރިހަމައަށް ކުރައްވަމުން ގެންދަވާ މަސައްކަތެއް. އަދި އޭގެ ސަބަބުން ދިވެހި ރާއްޖެއަށާއި ދިވެހިންނަށް އެތައް ގިނަގުނަ ފައިދާތަކެއް ލިބެމުން އެބަދޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރަށްވެސް ތައުރީފްކުރެއްވެވިއެވެ. އެގޮތުން ކޯވިޑް ސަބަބުން އިޤްތިޞާދަށް ލޮޅުން އަރައި އަދި އުފެއްދުންތެރިކަން ދައްވެގެންދާނެކަން އެއީ އެންމެންނަށްވެސް އެނގޭނެކަމެއްކަމަށާއި، އެހެންކަމުން މީގެކުރިން ލަފާކުރާ މިންވަރަށްވުރެ ދަރަނި ބޮޑުވެގެންދިއުން އެއީ އެކަށީގެންވާ ކަމެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ރާއްޖެ ބަނގުރޫޓްވާނެ ހާލަތަކަށް ނުދާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަކީ ޤާބިލު ބޭފުޅެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ސަރުކާރުން ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ރައީސް ނަޝީދު ތައުރީފްކުރެއްވިއިރު، ސިޔާސީ ބޭފުޅުންނާއި ވިޔަފާރިވެރިންވެސް ދަނީ ސަރުކާރުން ކޯވިޑް މެނޭޖްކޮށް އަލުން އިޤްތިޞާދު އާރާސްތުކުރުމަށް ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު