ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްއާރުއެމުން މީގެކުރިން އެއްބަސްވެފައިވާކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތައް އެޕާޓީން މިއަދު ދޮގުކޮށްފިއެވެ.
ރައީސް ނަޝީދު މިއަދު ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ކޯލިޝަންގައި ކުރެވުނު މަޝްވަރާތަކުގައި ވެރިކަން ކުރުމުގެ ނިޒާމު ކަނޑައަޅަން އަނެއްކާވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއާއި އެމްއާރުއެމުން އެއްބަސްވެފައިވާކަމަށެވެ.
ރައީސް ނަޝީދުގެ އެވާހަކަފުޅުތަކަށް ޖަވާބުދީ އެމްއާރުއެމުން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެ ޕާޓީން އަބަދުވަސް ތާއީދު ކުރަނީ ރިޔާސީ ނިޒާމަށްކަމަށެވެ. އަދި އެނޫން ނިޒާމަކަށް ތާއީދު ކުރުމަށް އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެކަން، ނުވަތަ އެއްވެސް ފަރާތަކާއި އެކު އެއްބަސް ވެފައިވެސް ނުވާނެކަމަށް އެމްއާރުއެމުން ބުނެފައި ވެއެވެ.
ރައީސް ނަޝީދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުކުންނެވި މެނިފެސްޓޯއަކީ ކޯލިޝަންގެ ޕާޓީތަކުން އެދުނު ގޮތަށް އެއްބަސްވި މެނިފެސްޓޯއެއް ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީ ފިޔަވައި ކޯލިޝަންގައި ދެން ހިމެނޭ ހުރިހާ ޕާޓީތަކުން ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެއްބަސްވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކުރަށްވާ މަސައްކަތް ކާމިޔާބު ކުރަށްވައި އަންނަ އަހަރު ނިޒާމު ބަދަލު ކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާނެކަން ތަކުރާރުކުރަށްވާފައެވެ.

އެމް.އާރް.އެމް އިން އަބަދުވަސް ތާއީދު ކުރަނީ ރިޔާސީ ނިޒާމަށެވެ. އެނޫން ނިޒާމަކަށް ތާއީދު ކުރުމަށް އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެކަން، ނުވަތަ އެއްވެސް ފަރާތަކާއި އެކު އެއްބަސް ވެފައިވެސް ނުވާނެ ކަން ދިވެހި ލޮބުވެތި ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
— Maldives Reform Movement (MRM) 🇲🇻 (@MRM_Office) September 5, 2021
ރައީސް ނަޝީދުގެ އެވާހަކަފުޅުތަކަށް ޖަވާބުދީ އެމްއާރުއެމުން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެ ޕާޓީން އަބަދުވަސް ތާއީދު ކުރަނީ ރިޔާސީ ނިޒާމަށްކަމަށެވެ. އަދި އެނޫން ނިޒާމަކަށް ތާއީދު ކުރުމަށް އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެކަން، ނުވަތަ އެއްވެސް ފަރާތަކާއި އެކު އެއްބަސް ވެފައިވެސް ނުވާނެކަމަށް އެމްއާރުއެމުން ބުނެފައި ވެއެވެ.
ރައީސް ނަޝީދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުކުންނެވި މެނިފެސްޓޯއަކީ ކޯލިޝަންގެ ޕާޓީތަކުން އެދުނު ގޮތަށް އެއްބަސްވި މެނިފެސްޓޯއެއް ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީ ފިޔަވައި ކޯލިޝަންގައި ދެން ހިމެނޭ ހުރިހާ ޕާޓީތަކުން ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެއްބަސްވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކުރަށްވާ މަސައްކަތް ކާމިޔާބު ކުރަށްވައި އަންނަ އަހަރު ނިޒާމު ބަދަލު ކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާނެކަން ތަކުރާރުކުރަށްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު