ހއ. ދިއްދޫ ފެރީ ޓާރމިނަލް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ފައުންޑޭޝަން ފޫޓިންގ މަސައްކަތްތަކުގެ 70 ޕަސެންޓް ނިމިއްޖެއެވެ.
ހއ. ދިއްދޫ ފެރީ ޓާރމިނަލަކީ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްޤީ ކުރެވޭ ޓާރމިނަލެކެވެ.
"އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ މަޤްސަދަކީ ދިވެހިރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ހިންގާ މަޝްރޫއެކެވެ. ތިން ފިޔަވައްސަކަށް ބަހާލައިގެން ހިންގާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގައި ފެރީ ޓާރމިނަލް ތަރައްޤީ ކުރެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ.
ސަރުކާރުން ބުނެފައިވާ ގޮތުން މި ފެރީ ނިޒާމުން ލުއިފަސޭހަ އަވަސް ޚިދުމަތެއް ދަތުރުކުރާ ފަރާތްތަކަށް ފޯރުކޮށްދޭނެއެވެ. އަދި މި ޕްރޮޖެކްޓްގެ ސަބަބުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ގުޅުވާލާ، އެ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދީ، އެކަމުން ރާއްޖޭގެ އިޤްތިސާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ކުރިއެރުންތަކެއް ލިބި، ސަރަޙައްދީ ގޮތުން ރައްތަކަށް ތަރައްޤީ ލިބިގެންދާނެކަމަށްވެސް ސަރުކާރުން ގަބޫލުކުރެއެވެ.

ހއ. ދިއްދޫ ފެރީ ޓާރމިނަލް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ފައުންޑޭޝަން ފޫޓިންގ މަސައްކަތްތަކުގެ 70 ޕަސެންޓް ނިމިއްޖެ. ހއ. ދިއްދޫ ފެރީ ޓާރމިނަލަކީ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްޤީ ކުރެވޭ ޓާރމިނަލެއް. pic.twitter.com/dx6yAJKtHx
— MTCC Plc (@MTCCPlc) September 5, 2021
ސަރުކާރުން ބުނެފައިވާ ގޮތުން މި ފެރީ ނިޒާމުން ލުއިފަސޭހަ އަވަސް ޚިދުމަތެއް ދަތުރުކުރާ ފަރާތްތަކަށް ފޯރުކޮށްދޭނެއެވެ. އަދި މި ޕްރޮޖެކްޓްގެ ސަބަބުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ގުޅުވާލާ، އެ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދީ، އެކަމުން ރާއްޖޭގެ އިޤްތިސާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ކުރިއެރުންތަކެއް ލިބި، ސަރަޙައްދީ ގޮތުން ރައްތަކަށް ތަރައްޤީ ލިބިގެންދާނެކަމަށްވެސް ސަރުކާރުން ގަބޫލުކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު