ޝަރީއަތަށް ނުފޫޒު ފޯރުވަނީ ކޮންބައެއްކަން މަންޒަރު ބަލާ ވިސްނާ ބަޔަކަށް ސާފުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.
އަލްހާން ފަހްމީ މިހެން ވިދާޅުވީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމާއި ގުޅޭގޮތުން ތަފާތު ވާހަކަތައް ދައްކަމުންދާ ދުވަސްވަރެއްގައެވެ. މިގޮތުން އަލްހާން މިއަދު ވިދާޅުވީ ރައީސް ޔާމީނަށް ހުކުމް ކުރަން އޮތް ދުވަހު މައްސަލަ ބެއްލެވި ކުރީގެ ކްރިމިނަލް ކޯޓުގެ އިސްޤާޞީ އަހުމަދު ހައިލަމް ޖޭއެސްސީން ސަސްޕެންޑްކުރީ، ހައިލަމް، އޮފީސް ޕްރައިވެޓް ވައިބަރ ގުރޫޕަކަށް ލެއްވި، ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ކާޓޫނު ފޮޓޯ އަކާ ގުޅިގެންކަމަށެވެ.
އަދި އޭރު އޭނާއަށް އަދަބު ދިނީ އިންސާނީ ޙައްޤަށް، އަރައިގަތީކަމަށް ބުނެ، ތާކުންތާކު ނުޖެހޭ މައްސަލައެއް ފެންމަތިކޮށްގެންކަން މަންޒަރު ބަލާ ވިސްނާ ބަޔަކަށް ސާފުވާނެކަމަށްވެސް އަލްހާން ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ އެކަން އެގޮތަށް ކުރަން މަޖްބޫރުވީ، ރައީސް ޔާމީން ޖަލަށް ލާނެކަމުގެ ޔަގީންކަން، އެކަމަށް ނުފޫޒު ފޯރުވަން އުޅުއްވި ފަރާތްތަކުން ރައީސް ނަޝީދަށް ލިބިވަޑައި ނުގަތުމުންކަމަށް އަލްހާން ވިދާޅުވިއެވެ.
ރާއްޖޭގެ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާކަމުގެ އަޑުތައް ގަދަވެފައި މިވަނީ ކުރީގެ ފަނޑިޔާރުންތަކެއް އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ދެއްކެވި ވާހަކަތަކެއްގެ ސަބަބުންނެވެ. އެގޮތުން ކުރީގެ ފަނޑިޔާރުންތަކެއް ވަނީ މިސަރުކާރުން ޝަރީޢަތަށް ނުފޫޒު ފޯރުވަން ގިނަ މަސައްކަތްތަކެއް ކުރާކަމަށް ވިދާޅުވެފައެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހައިލަމަށް ނުފޫޒު ފޯރުވައިގެން ރައީސް ޔާމީން ޖަލަށް ލުމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް މަސައްކަތްކުރެއްވިކަމަށް ފަނޑިޔާރުން ވަނީ ވިދާޅުވެފައެވެ.

އަރައިގަތީ ކަމަށް ބުނެ، ތާކުންތާކު ނުޖެހޭ މައްސަލައެއް ފެންމަތިކޮށްގެންކަން މަންޒަރު ބަލާ ވިސްނާ ބަޔަކަށް ސާފުވާނެ!
— 𝗔𝗹𝗵𝗮𝗻 𝗙𝗮𝗵𝗺𝘆 - 𝗔𝗙 (@AlhanFahmy) September 5, 2021
އެކަން އެގޮތަށް ކުރަން މަޖްބޫރުވީ، ރައީސް ޔާމީން ޖަލަށް ލާނެކަމުގެ 2/3
އަލްހާން ވިދާޅުވީ އެކަން އެގޮތަށް ކުރަން މަޖްބޫރުވީ، ރައީސް ޔާމީން ޖަލަށް ލާނެކަމުގެ ޔަގީންކަން، އެކަމަށް ނުފޫޒު ފޯރުވަން އުޅުއްވި ފަރާތްތަކުން ރައީސް ނަޝީދަށް ލިބިވަޑައި ނުގަތުމުންކަމަށް އަލްހާން ވިދާޅުވިއެވެ.
ޔަގީންކަން ޖޭއެސްސީން އެކަމަށް ނުފޫޒު ފޯރުވަން އުޅުއްވި @MohamedNasheed އަށް އެމަނިކުފާނުގެ @hisaanhussain ގެ އެޖެންޓުން މެދުވެރިކޮށްގެންވެސް ނުލިބުމުންކަންވެސް އަޅުގަނޑަށް ސާފު !
— 𝗔𝗹𝗵𝗮𝗻 𝗙𝗮𝗵𝗺𝘆 - 𝗔𝗙 (@AlhanFahmy) September 5, 2021
ރާއްޖޭގެ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާކަމުގެ އަޑުތައް ގަދަވެފައި މިވަނީ ކުރީގެ ފަނޑިޔާރުންތަކެއް އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ދެއްކެވި ވާހަކަތަކެއްގެ ސަބަބުންނެވެ. އެގޮތުން ކުރީގެ ފަނޑިޔާރުންތަކެއް ވަނީ މިސަރުކާރުން ޝަރީޢަތަށް ނުފޫޒު ފޯރުވަން ގިނަ މަސައްކަތްތަކެއް ކުރާކަމަށް ވިދާޅުވެފައެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހައިލަމަށް ނުފޫޒު ފޯރުވައިގެން ރައީސް ޔާމީން ޖަލަށް ލުމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް މަސައްކަތްކުރެއްވިކަމަށް ފަނޑިޔާރުން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު