ނުފޫޒުން އެއްކިބާވެގެން ޝަރީޢަތްތައް ކުރިއަށްގެންދެވޭނެކަން ރައްޔިތުންނަށް ހާމަކޮށްދީފައިވާނޭކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޟީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިހެން ވިދާޅުވެފައި މިވަނީ ސިޔާސީ ބޭފުޅުން ހައިލަމަށް ނުފޫޒު ފޯރުވައިގެން ޝަރީޢަތްތަކަށް ބާރު ފޯރުވަން މަސައްކަތްކުރެއްވިކަމަށް ކުރީގެ ފަނޑިޔާރުންތަކެއް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށްވެސް ނުފޫޒު ފޯރުވަން ބަޔަކު ހައިލަމްއާ މަޝްވަރާކުރިކަމަށްވެސް ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ހައިލަމް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީޢަތް ލައިވްކޮށް ކުރިއަށް ގެންދިޔަ މައިގަނޑު ސަބަބަކީ ރައީސް ޔާމީންގެ އެންމެހައި ޙައްޤުތައް ކަށަވަރު ކުރެއްވުންކަމަށެވެ. އަދި ޞައްޙަ އިޖުރާއާތުގެ ތެރެއިން، ނުފޫޒުތަކުން އެއްކިބާވެ ޝަރީޢަތް ކުރިއަށް ގެންދެވޭކަން ރައްޔިތުންނަށް ހާމަކޮށްދިނުމަކީވެސް ޝަރީއަތްތައް ލައިވްކުރުމުގެ ބޭނުމެއްކަމަށާއި، އަޅުގަނޑު ކޮށްދީފައިވާނޭކަމަށްވެސް ހައިލަމް ވިދާޅުވިއެވެ.



ކުރީގެ ބައެއް ފަނޑިޔާރުން ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ވަނީ ގާޟީ ހައިލަމަށް ވަރަށް ބޮޑެތި ތުހުމަތުތަކެއްކޮށްފައެވެ. އެގޮތުން ރައީސް ޔާމީންގެ ޝަރީޢަތްތައް ކުރިއަށްދަނިކޮށް ހައިލަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ދިނުމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާ މަޝްވަރާކުރެއްވިކަމަށްވެސް ކުރީގެ ފަނޑިޔާރަކު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު