ޤުރުއާން ފޮތްތަކުގައި މައްސަލަތަކެއް ދިމާވީ ބަލަންވާވަރަށް ނުބެލުމުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ބައެއް ގްރޭޑްތަކުގެ ޤުރުއާން ފޮތްތަކެއްގެ އާޔަތްތައް ނުބައިކޮށް ލިޔެވިފައިވާ މައްސަލަތަކެއް ފާހަގަވެގެން އެމައްސަލަތައް ބަލަމުންގެންދާކަމަށެވެ.
މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ ފޮތްތަކުގައި ހުރި މައްސަލަތައް ބެލުމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާކަމަށެވެ. އަދި މިމައްސަލަ ދިމާވީ ކީއްވެތޯ ބެލުމަށްވެސް ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ޤުރުއާން ފޮތްތަކާއި އެހެނިހެން ފޮތްތަކަކީވެސް ޚާއްސަ ކޮމިޓީތަކުން ރެވިއުކޮށް، ޕްރޫފް ރީޑްކުރާ ފޮތްތަކެއްކަމަށެވެ. އެގޮތުން މައްސަލަ ޖެހިފައިވާ ފޮތްތަކަކީ 2015 ވަނަ އަހަރު ހުއްދަ ދީގެން މިހާތަނަށް ބޭނުންކުރަމުންދިޔަ ފޮތްތަކެއްކަންވެސް މިނިސްޓްރީން ފާހަގަކުރިއެވެ. ނަމަވެސް މިކަންކަން ސަމާލުކަމަށް އައުމުން އެކަން އިސްލާހުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ މައްސަލަތައް ކުރިމަތިނުވާނޭފަަދަ ގޮތަކަށް ކަންކަން ހަރުދަނާކުރުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ގްރޭޑް އެކެއްގެ ގުރުއާން ފޮތުގައި ނަބަޢަ ސޫރަތާއި ނާޒިޢާތު ސޫރަތް އޮޅިފައިވާކަން މީޑިއާގެ ސަމާލުކަމަށް އެންމެ ބޮޑަށް ގެނެސްދެއްވީ ކުރީގެ އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމެވެ. މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެޑިއުކޭޝަނުން ވަނީ ފޮތްތަކުގައި ހުރި މައްސަަލަތަކަކީ 2015 ވަނަ އަހަރުން ފެށިގެން ފޮތްތަކުގައި ހުރި މައްސަލަތަކެއްކަމަށާއި، އޭރު އިސްލާމިކް މިނިސްޓަރަކަށް ހުންނެވީ ޝަހީމްކަން ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު