ބައެއް ފޮތްތަކުން ފާހަގަވަމުންދާ މައްސަލަތަކަކީ ކުރީގެ އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސަޢީދާއި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އާދަމް ޝަރީފް ސަރުކާރުގައި އުޅުއްވިއިރު ދިމާވެފައިވާ މައްސަލަތަކެއްކަމަށް ބުނެ މިއަހަރުގެ ޤުރުއާން ފޮތްތަކުގައި ހުރި ކުށްތަކުގެ ޒިންމާ އެޑިއުކޭޝަން މިނިސްްޓްރީން ޝަހީމާ އާދަމް ޝަރީފުގެ ބޮލަށް ކަނޑާލައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓްރީން ވަނީ ފޮތްތަކުގައި ދިމާވެގެން އުޅޭ މައްސަލަ ސިޔާސީ ނުކުރުމަށް ގޮވާލައްވާފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން މިކަން ވަރަށް ބޮޑަށް ސިޔާސީ ކުރަން އުޅޭކަން މިނިސްޓްރީން ފާހަގަކުރިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ޤުރުއާން ފޮތްތަކުގައި ހުރި މައްސަލަތައް އެންމެ ބޮޑަށް ފާހަގަކުރައްވަނީ ޑރ. ޝަހީމްކަމަށާއި، ނަމަވެސް އެ ފޮތްތަކުގައި މައްސަލަތައް ދިމާވެފައިވަނީ ޝަހީމް އިސްލާމިކް މިނިސްޓަރަކަށް ހުންނެވިއިރު 2015 ވަނަ އަހަރުކަމަށެވެ.
މީގެއިތުރުން ބައެއް ފޮތްތަކުގައި އިންޑިއާގެ ސަގާފަތް ޕްރޮމޯޓްކުރަން މަސައްކަތްކޮށްފައިވާކަމަށް ބުނާއިރު، އެ ފޮތްތަކުގައި އެބައިތައް ހިމަނާފައިވަނީ އާދަމް ޝަރީފް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވިއިރުކަންވެސް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދު ފާހަގަކުރެއްވިއެވެ.
"2015 ވަނަ އަހަރު "ސާރޭޖަހާސެ އައްޗާ ރަނގަޅު.. 2018ގެ ފަހުން ސާރޭޖަހާސެ އައްޗާ ގޯސް.." ރަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ބައެއް ގްރޭޑްތަކުގައި ކިޔަވައިދޭ ގުރުއާން ފޮތްތަކުގައި މައްސަލަތަކެއް ހުރިކަމަށް އެންމެ ބޮޑަށް ފާހަގަކުރައްވާފައިވަނީ ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިސްލާމިކް ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ކިޔުންތެރިންގެ ހިޔާލު