ބިޒްނަސް މޯލްޑިވްސްއަށް ދޫކޮށްފައި އޮތް ބ. ހިބަޅިދޫ ސަރުކާރުން އަތުލީ ރަނގަޅަށްކަމަށް ސުޕްރީމް ކޯޓުންވެސް ނިންމައިފިއެވެ.
ބިޒްނަސް މޯލްޑިވްސްއަށް ދޫކޮށްފައި އޮތް ބ. ހިބަޅިދޫ ސަރުކާރުން އަތުލީ ރަނގަޅަށްކަމަށް ހައި ކޯޓުން ނިންމާފައިވާ ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށް ހުކުމްކުރީ މިއަދުއެވެ.
ހިބަޅިދޫ ސަރުކާރުން އަތުލީ ރަށް ދިނުމުގެ މުގާބިލުގައި ދައްކަން އެއްބަސްވުމުގައި ބަޔާންކޮށްފައި އޮތް ތިން މިލިއަން ޑޮލަރު ދައްކާފައި ނުވާ ކަމަށް ބުނެ 2016 ގައެވެ.
އެ ރަށުގެ އެއްބަސްވުން ބާތިލްކުރި މައްސަލަ ބިޒްނަސް އިން ކޯޓަށް ހުށަހެޅުމުން 2017 ގައި ކޯޓުން ނިންމީ އެކުންފުންޏަށް އަނބުރާ އެ ރަށް ދިނުމަށެވެ. ނަމަވެސް، 2019 ގައި ހައި ކޯޓުން ވަނީ އެ ހުުކުމް ބާތިލްކޮށް، ހިބަޅިދޫ އަތުލީ ރަނގަޅަށް ކަމަށް ނިންމައިފަ އެވެ.
އެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ، އެއްބަސްވުން ގާނޫނީ ގޮތުން ފުރިހަމަ ވާނީ ދެ ފަރާތުގެ ނިޔަތާ އެއްގޮތަށް އެއް ފަރާތުން އަނެއް ފަރާތަށް މުގާބިލު ދެވި، އެއްބަސްވުމުގެ މަގުސަދު ހާސިލުވެފައި އޮތުމުން ކަަމަށާއި މި މައްސަލައިގައި އެގޮތަށް ކަންތަތައް ކޮށްފައި ނެތުމުން ދެ ފަރާތުގެދެމެދުގައި އެއްބަސްވުމެއް އުފެދިފައި އޮތް ކަމަށް ނުބެލެވޭނެކަމަށެވެ. އެހެންކަމުން، ހިބަޅިދޫ ނެގީ ރަނގަޅަށް ކަމަށް ހައި ކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށް، ފަނޑިޔާރު މަހާޒު އަލީ ޒާހިރު އިއްވެވި ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫން މުހައްމަދު ވަނީ ތާއީދު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު