ސަރުކާރުގެ ފަރާތުން ހެއްކާބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މިބިލު މަޖިލީހަށް ހުށަހެޅީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީއެވެ. އަދި ބިލްގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.
ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ހެއްކާބެހޭ ތަފްޞީލީ ޤާނޫނީ އޮނިގަނޑެއް ތަޢާރުފުކުރުމެވެ.
19 ބާބެއްގެ މައްޗަށް، 150 މާއްދާ ހިމެނޭ މިބިލުގައި ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަކުރެވިގެންވާ ގޮތާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކިބަސް ނެގުމާއި، ހެކި ވަޒަންކުރުމުގެ މިންގަނޑުތައް ވަނީ ކަނޑައަޅާފައެވެ. އަދި މަދަނީ މައްސަލަތަކުގައާއި ޖިނާއީ މައްސަލަތަކުގައާއި އިސްލާމްދީނުގައި ޙައްދު އަދި ޤިޞާޞް ކަނޑައެޅިފައިވާ ކުށްތައް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުމާއި، ސާބިތުކުރުމުގެ ޒިންމާއާގުޅޭ އުސޫލުތައްވެސް މިބިލުން ކަނޑައެޅިގެންދާނެއެވެ.
މިބިލުގައި ހެކީންގެ އެންމެހައި ކަންކަން ވަރަށް ތަފްސީލް ގޮތަކަށް ބަޔާންކޮށްފައިވެއެވެ. އަދި މިބިލު މަޖިލީހުން ފާސްވެ ތަސްދީޤުވުމުން، މި ޤާނޫނުގެ ދަށުން ރަނގަޅު އޮނިގަނޑުތަކެއް ހެދި ހެކީންގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.
ރާއްޖޭގައި މިހާރު އަމަލުކުރަމުންދަނީ މީގެ 45 އަހަރު ކުރިން އެކުލަވާލި ހެއްކާއި ބެހޭ ޤާނޫނަކަށެވެ.

ކިޔުންތެރިންގެ ހިޔާލު