ސްކޫލްތަކުގައި ބޭނުންކުރާ އިސްލާމް އަދި ޤުރުއާން ފޮތްތަކުގައި ނުބައިކޮށް ހުރި މައްސަލައަކީ ސިޔާސީ ހަސަދަ ބޭލުމަށްވުރެ ސީރިއަސް މައްސަލައެއް ކަމަށް އަދާލާތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހަންމަދު މުހަންމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
މަޝްހޫރު ދީނީ ތަފްސީރު އިލްމްވެރިޔާ ޑރ. މުހަންމަދު އިޔާޒް މިހެން ވިދާޅުވީ ސްކޫލްތަކުގައި ބޭނުންކުރާ އިސްލާމް އަދި ޤުރުއާން ފޮތްތަކުގައި ނުބައިކޮށް ހުރި މައްސަލައިން އެޑިއުކޭޝަން މިނިސްޓްރީން ބަރީއަވެ އެކަމުގެ ޒިންމާ ކުރީގެ ސަރުކާރުގެ އިސް ދެބޭފުޅެއްގެ އިސްތަށިފުޅުގައި އެޅުވުމާއި ގުޅިގެންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން އެމައްސަލައިން ބަރީއަވެ ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުން ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލާތު ޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ޑރ. އިޔާޒް ވިދާޅުވީ ވަކި މީހެއްގެ ބޮލަށް އެކަން ކެނޑުމަށްވުރެ އެކަން ރަނގަޅުކޮށް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
"މިއީ ސިޔާސީ ހަސަދަ ބޭލުމަށްވުރެ ސީރިއަސް މައްސަލައެއް." ގައުމީ ޔުނިވަސިޓީގެ ކުރީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. އިޔާޒް ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެކަން ހިނގާދިޔައީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވަޒީރުކަމުގައި ހުންނަވަނިކޮށް ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އެވާހަކަ ތަކާ ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ، ރަނގަޅުގޮތް ބުނެދިނުމުންވެސް އެޑިއުކޭޝަން މިނިސްޓްރީން ކަތިލީ ޝަޚުސު ކަމަށާއި އަދި އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.
ފޮތްތަކުގައި އެބައިތައް ހިމަނާފައިވަނީ ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވިއިރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މި މައްސަލައިގައި އާދަމް ޝަރީފުގެ ބަހެއް އަދި ނުލިބެއެވެ.

ވަކި މީހެއްގެ ބޮލަށް ކެނޑުމަށްވުރެ އެކަން ރަގަޅުކޮށް ތަކްރާރުވިޔަ ނުދޭން މަސައްކަތް ކުރަން ޖެހޭ. މިއީ ސިޔާސީ ޙަސަދަ ބޭލުމަށްވުރެ ސީރިޔަސް މައްސަލައެއް.
— Dr.Mohamed Iyaz (@dr_iyaz) September 6, 2021
"މިއީ ސިޔާސީ ހަސަދަ ބޭލުމަށްވުރެ ސީރިއަސް މައްސަލައެއް." ގައުމީ ޔުނިވަސިޓީގެ ކުރީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. އިޔާޒް ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެކަން ހިނގާދިޔައީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވަޒީރުކަމުގައި ހުންނަވަނިކޮށް ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އެވާހަކަ ތަކާ ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ، ރަނގަޅުގޮތް ބުނެދިނުމުންވެސް އެޑިއުކޭޝަން މިނިސްޓްރީން ކަތިލީ ޝަޚުސު ކަމަށާއި އަދި އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.
ފޮތްތަކުގައި އެބައިތައް ހިމަނާފައިވަނީ ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވިއިރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މި މައްސަލައިގައި އާދަމް ޝަރީފުގެ ބަހެއް އަދި ނުލިބެއެވެ.
ކިޔުންތެރިންގެ ހިޔާލު