ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނީ މިއަދު ނިޔާވެފައި ވަނީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ އަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގަައި ފަރުވާ ދެމުންދިޔަ މީހެކެވެ. މިއަދު ކޮވިޑް ބަލީގައި މީހަކު ނިޔާވެފައިވާއިރު، މިއީ މި މަހުގެ ތެރޭގައި އެ ބަލީގައި ނިޔާވި ފުރަތަމަ މީހާ ކަން ފާހަގަކޮށްލެވެއެވެ.
މިއަދު ނިޔާވި މީހާއާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 227 އަށް އަރާފައެވެ.
ރާއްޖެއިން ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާއިރު މާލޭގައި ކޮވިޑަށް ޕޮޒިޓިވްވާ އަދަދުތައްވެސް ވަނީ ބޮޑުތަނުން ދަށައް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު