ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނުނު މާބަނޑު މީހަކު ވިހައިފިއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މައިމީހާއާއި ދަރިފުޅުގެ ހާލު ރަނގަޅު ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ޕޮޒިޓިވްވި މިމީހާ ވިހެއީ ސީސެކްޝަން ހަަދައިގެން ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއެކު އޭނާ ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
ކޯވިޑް-19 އަށް ޕޮޒިޓިވްވި މާބަނޑު މީހާ ވިހާފައި ވާއިރު އެމީހާއާ އައިޖީއެމްއެޗުން ކޮންޓެކްޓްވި ނަރުހުންގެ ތެރެއިން މިހާތަނަށް 21 ނަރުހަކު ވަނީ އެކަހެރި ކޮށްފައެވެ.
ރާއްޖެއިން މީގެކުރިންވެސް ވަނީ މާބަނޑު މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެމީހާގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށް އެޗްޕީއޭ އިން ކުރިން ވަނީ ބުނެފައެވެ. ނަމަވެސް މިހާރު އެމީހާގެ ހާލަތާ ގުޅިގެން އިތުރު ތަފްސީލެއް އަދި ފަހުގެ މައުލޫމާތެއް އެޗްޕީއޭ އިން ހާމަ ކޮށްފައެއް ނުވެއެވެ.
މިއަދު އެކަނިވެސް ރާއްޖެއިން 7 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މުޅި ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 904 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު