ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ ގޮތުން އެހީތެރިވުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވޮލޮޕްމެންޓު ބޭންކުން ދޫކުރި ލޯނުތަކުގެ ތަފުސީލު ރައްޔިތުންގެ މަޖިލީހާ ހިއްސާކުރެވެން ނެތްކަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް އަންގަވައިފިއެވެ.
އެސްއެމްއީ ލޯނުތައް ދޫކޮށްފައިވާ ފަރާތްތަކާއި ޤަވާޢިދުން އަނބުރާ ލޯނު ދައްކަމުންދާ ފަރާތްތަކުގެ ތަފުސީލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ އިކޮންމިކް މިނިސްޓްރީގައި އެދިފައެވެ. އެކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު މަޖިލީހުގެ އިދާރާއަށް އެ މައުލޫމާތު ދެވެން ނެތް ކަމަށް އެންގެވީ އެ އިދާރާއަށް ފޮނުވި ސިޓީއެއްގައެވެ.
މިނިސްޓަރު ފައްޔާޒު އިސްމާއިލް މަޖިލީހަށް ފޮނުއްވި ސިޓީ މަޖިލީހުގައި މިއަދު ވަނީ އިއްވާފައެވެ. އެސިޓީގައި އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މިހާރު އެސްއެމްއީ ލޯނުތައް ދޫކުރަނީ އެސްއެމްއީ ޑިވެލޮޕްމެންޓު ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ނަމުގައި އުފައްދާފައިވާ ސަރުކާރުގެ އަޣުލަބިއްޔަތު ހިއްސާ އޮންނަ ކުންފުންޏަކުން ކަމަށެވެ.
އަދި އެ ކުންފުންޏަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނުގެ ދަށުން އެ އޮތޯރިޓީގައި މާލީ އިދާރާއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްގެން ހިންގާ ކުންފުންޏެއް ކަމަށާއި، ހޯދަން މަޖިލީހުން އެދުނު މައުލޫމާތަކީ އެމްއެމްއޭގެ ޤަވާޢިދުތަކާއި، ކުންފުނީގެ ޤާނޫނީ އަދި ފެޑިއުޝަރީ ޒިންމާތަކާއި، ކުންފުންޏާއި ޚިދުމަތް ހޯދާ ފަރާތްތަކާ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ވިޔަފާރީގެ ސިއްރުތައް އެކުލެވޭ، ހައްސާސް މައުލޫމާތު ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.
ހަމައެހެންމެ ވިޔަފާރީގެ މިފަދަ މައުލޫމާތު ތިންވަނަ ފަރާތަކާ ހިއްސާކުރުމަކީ ޤާނޫނުތަކާއި ޤަވާޢިދުތަކާއި އެ ކުންފުނީގެ އުސޫލުތައް ހުއްދަކުރާ ކަމެއް ނޫންކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
އެހެންނަމަވެސް އެ މައުލޫމާތު ހޯއްދެވުމަށް މަޖިލީހުގެ މެންބަރަކު އެދިވަޑައިގަންނަވާފައިވާތީއާއި، އެއީ މަޖިލީހުން ސަރުކާރު ޒިންމާދާރުކުރުވުމާއި، އެސްއެމްއީ ލޯނާ ގުޅިގެން އެ ކުންފުންޏަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ޖަވާބުދާރީވުމަށް މުހިއްމު ކަމެއް ކަމުގައި ފެންނާތީ އެ މައުލޫމާތު ހޯއްދަވަން ހުށަހެޅުއްވި މެންބަރާ އެ މައުލޫމާތު ޤާނޫނުން ހުއްދަކުރާ ގޮތެއްގެ މަތިން، ހުއްދަކުރާ މިންވަރަށް ހިއްސާކުރުމަށް އެސްޑީއެފްސީގައި އެދިވަޑައިގެންފައިވާނެ ކަމަށް މިނިސްޓަރު ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު