ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ފިއުލް ޓޭންކު އޯވަރ ފޮލޯވާން ދޫކޮށްލުމަކީ ވަރަށް ބޮޑު ނުރައްކަލެއްކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ އެއަރޕޯޓްގެ ތެޔޮ ރައްކާކުރާ ޓޭންކެއްކަމަށް ބެލެވޭ ޓޭންކަކުން ތެޔޮ ލީކުވާ މަންޒަރު ފެންނަ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވިޑިއޯއެއް ހިއްސާ ކުރަށްވަމުންނެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ވަރަށް ގިނަ އަދަދެއްގެ ތެޔޮ އެވަގުތު ދިޔައީ ޓޭންކުން ބޭރުވަމުންނެވެ. މިއީ ޓޭންކަށް ގެއްލުމެއް ލިބިގެން ނުވަތަ ޓޭންކު ފުރިގެން ދިމާވި މައްސަލައެއްކަމެއް ޔަގީނެއް ނޫނެވެ. އަދި މި ވިޑިއޯ ބެހޭގޮތުން ރަސްމީ އެއްވެސް ފަރާތަކު ބަހެއް ބުނެފައެއް ނުވެއެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ފިއުލް ޓޭންކް އޯވަރ ފޮލޯވާން ދޫކޮށްލުމަކީ ވަރަށް ބޮޑު ނުރައްކަލެއްކަމަށެވެ. ސައީދު ވިދާޅުވީ އެއަރޕޯޓްގެ އޮޕަރޭޝަނަށް އިސްކަންދިނުމުގެ ގޮތުން ހަދައި ނިމިފައިވާ ވަސީލަތްތައް މިހާރުން މިހާރަށް އޮޕަރޭޝަނަށް ގެންނަންޖެހޭ ކަމަށެވެ.
ސައީދު ވިދާޅުވީ އެއަރޕޯޓްގައި މިހާރު އޮތް ބިދޭސީ މެނޭޖްމަންޓް ދުރުކޮށް، ބިދޭސީ ފަރާތްތައް ބާރުވެރިކުރުވުން ހުއްޓާލަންޖެހޭކަމަށެވެ.
އެއަރޕޯޓްގެ ތެޔޮ ރައްކާކުރާ ޓޭންކެއްކަމަށް ބެލެވޭ ޓޭންކަކުން ތެޔޮ ލީކުވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، މަތިންދާބޯޓުތަކަށް އަޅާ ޖެޓްފިއުލް ލިބުމުގައި ތާއްޓެއް އަރައިގެން އުޅޭކަމަށް އެމްއޭސީއެލުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެކަމާއި ގުޅިގެން އެއަރޕޯޓުގެ އޮޕަރޭޝަނަށް އެއްވެސް ބުރޫއެއް ނާރާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.
ރާއްޖޭގެ މައި އެއާޕޯޓް ހިންގާ ކުންފުނީގެ އެންމެ އިސް ފަރާތަކަށް ބިދޭސީއަކު ހަމަޖެއްސި ފަހުން އެކުންފުނީގެ ހިންގުން ވަރަށްބޮޑަށް ދޯދިޔާވެ ކުންފުނީގެ ކަންކަން ވަރަށް ބޮޑަށް ފެއިލްވެފައި ވާކަމަށް އެކުންފުނީގެ ބައެއް މުވައްޒަފުން ބުނެއެވެ.

Fuel tank overflow vaan dhookollun v bodah nurakkaa. VIA ge operation ah iskan dhee, hadhaa nimifaivaa vaseelaiythah mihaarun mihaarah operation ah gennan jehey. Mi aai eku sarukaarun dhivehin management’un dhurukoh bidheysee faraaiythah baaruverikurun huttaalan jehey @ibusolih pic.twitter.com/7duO5EKDNd
— Mohamed Saeed (@em_saeed) September 6, 2021
އެއަރޕޯޓްގެ ތެޔޮ ރައްކާކުރާ ޓޭންކެއްކަމަށް ބެލެވޭ ޓޭންކަކުން ތެޔޮ ލީކުވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، މަތިންދާބޯޓުތަކަށް އަޅާ ޖެޓްފިއުލް ލިބުމުގައި ތާއްޓެއް އަރައިގެން އުޅޭކަމަށް އެމްއޭސީއެލުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެކަމާއި ގުޅިގެން އެއަރޕޯޓުގެ އޮޕަރޭޝަނަށް އެއްވެސް ބުރޫއެއް ނާރާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.
ރާއްޖޭގެ މައި އެއާޕޯޓް ހިންގާ ކުންފުނީގެ އެންމެ އިސް ފަރާތަކަށް ބިދޭސީއަކު ހަމަޖެއްސި ފަހުން އެކުންފުނީގެ ހިންގުން ވަރަށްބޮޑަށް ދޯދިޔާވެ ކުންފުނީގެ ކަންކަން ވަރަށް ބޮޑަށް ފެއިލްވެފައި ވާކަމަށް އެކުންފުނީގެ ބައެއް މުވައްޒަފުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު