ރ. އެއްތިގިލީގައި ފަތުރުވެރިކަން ތަރައްގީކުރުމަށް އޮކްޓޯބަރ މަހު ބިޑަށް ހުޅުވާލުމަށް ނިއްމައިފިއެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދު ﷲ މައުސޫމް ވިދާޅުވީ ރ. އަލިފުށީ ފަޅުން ހިއްކުމަށް ހަމަޖެހިފައިވާ 10 ހެކްޓަރާއެކު ރ. އެއްތިގިލި ފަތުރުވެރިކަން ތަރައްގީކުރުމަށް 25 އޮކްޓޯބަރ 2021 ގައި ބީލަމަށް ހުޅުވާލާނެ ކަމަށެވެ.
އެއްތިގިއްޔަކީ އަލިފުއްޓާ އެއްފަޅެއްގައި އޮންނަ ފަޅު ރަށެކެވެ.
އެރަށް ފަތުރުވެރިކަމަށް ހުޅުވާލައި ރިސޯޓެއް ތަރައްގީކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ 2018 ވަނަ އަހަރު އޮގަސްޓު މަހުގެ ތެރޭގައި އަލިފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ހާމަކުރައްވާފައެވެ.
އަލިފުށީ ފަޅުގައި ރިސޯޓެއް ތަރައްގީކުރުމަށް ހުޅުވާލުމަށް ނިއްމައިފައިވާއިރު އަލިފުށީގައި އެއާޕޯޓެއް އެޅުމަށް މި މަހުގެ އެއްވަނަ ދުވަހު ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު