ޗައިނާއިން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު، ވަން ލިޒިން މަގާމުގެ ފަތްކޮޅު އެރުވުމާއި ގުޅިގެން، އެކަމަނާއަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މަރުހަބާ ވިދާޅުވެއްޖެއެވެ.
ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު ހަރ އެކްސެލެންސީ ވަން ލިޒިން، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، އިއްޔެ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވާފައެވެ.
ޗައިނާގެ އައު ސަފީރަށް މަރުހަބާ ވިދާޅުވެ މިނިސްޓަރ ޝާހިދު ވިދާޅުވީ، އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
ފަތްކޮޅު އެރުވުމަށްފަހު ޗައިނާގެ އައު ސަފީރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ޗައިނާއާއި ރާއްޖޭގެ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް އިހްލާސްތެރިކަމާއެކު އެކަމަނާގެ ދައުރުގައި މަސައްކަތް ކުރައްވާނެކަމަށެވެ.
ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ކުރިޔަށް އޮތް އަހަރަކީ ރާއްޖެއާއި ޗައިނާއާ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރޭ އަހަރުކަމުގައި ފާހަގަކުރައްވަމުން ރައީސް ސާލިޙު ވަނީ ދެޤައުމުގެ ދެމެދުގައިވާ ވަރުގަދަ ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، މިދިޔަ ޖުލައި މަހު ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި ފޯން ކޯލްގައި ދެ ޤައުމުގެ ވެރިންވެސް ރާއްޖެއާއި ޗައިނާގެ ގުޅުން އޮތް އިރު ދެޤައުމުންވެސް ޝައުޤުވެރިވާ ދާއިރާތަކުން އިތުރަށް ގުޅުން ވަރުގަދަކުރެއްވުމަށް މަސައްކަތްކުރައްވާނެކަމަށް އެމަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެެ.
ރައީސް ދެއްކެވި ވާހަކަފުޅުގައި ޗައިނާއިން ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި، ޗައިނާ ސަރުކާރުން ކުރިން ރާއްޖެއަށް ހަދިޔާކޮށްފައިވާ 200،000 ޑޯޒްގެ ސައިނޯފާމް ވެކްސިންގެ އިތުރުން 400،000 ޑޯޒްގެ ސިނޯފާމް ވެކްސިން ހަދިޔާކުރައްވާފައިވާތީ އެކަމަށްޓަކައި ޗައިނާގެ ރައީސްއަށާއި، އެޤައުމުގެ ސަރުކާރަށް އިޚުލާސްތެރިކަމާއެކު ޝުކުރުއަދާކުރެއްވިއެވެ.

Congratulations to H.E. Wang Lixin, on the presentation of her Credentials to President @ibusolih today.
— Abdulla Shahid (@abdulla_shahid) September 6, 2021
Look forward to working together to strengthen 🇲🇻 & 🇨🇳 relations during your tenure & to build upon the successful cooperation we have enjoyed for decades. @China_Amb_Mdv pic.twitter.com/yJWbzjCMk4
ފަތްކޮޅު އެރުވުމަށްފަހު ޗައިނާގެ އައު ސަފީރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ޗައިނާއާއި ރާއްޖޭގެ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް އިހްލާސްތެރިކަމާއެކު އެކަމަނާގެ ދައުރުގައި މަސައްކަތް ކުރައްވާނެކަމަށެވެ.
I will earnestly fulfil my duty and exert my utmost efforts to further advance our future-oriented all-round friendly and cooperative partnership.
— Ambassador Wang Lixin (@China_Amb_Mdv) September 6, 2021
Long live China-Maldives friendship!
ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ކުރިޔަށް އޮތް އަހަރަކީ ރާއްޖެއާއި ޗައިނާއާ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރޭ އަހަރުކަމުގައި ފާހަގަކުރައްވަމުން ރައީސް ސާލިޙު ވަނީ ދެޤައުމުގެ ދެމެދުގައިވާ ވަރުގަދަ ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، މިދިޔަ ޖުލައި މަހު ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި ފޯން ކޯލްގައި ދެ ޤައުމުގެ ވެރިންވެސް ރާއްޖެއާއި ޗައިނާގެ ގުޅުން އޮތް އިރު ދެޤައުމުންވެސް ޝައުޤުވެރިވާ ދާއިރާތަކުން އިތުރަށް ގުޅުން ވަރުގަދަކުރެއްވުމަށް މަސައްކަތްކުރައްވާނެކަމަށް އެމަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެެ.
ރައީސް ދެއްކެވި ވާހަކަފުޅުގައި ޗައިނާއިން ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި، ޗައިނާ ސަރުކާރުން ކުރިން ރާއްޖެއަށް ހަދިޔާކޮށްފައިވާ 200،000 ޑޯޒްގެ ސައިނޯފާމް ވެކްސިންގެ އިތުރުން 400،000 ޑޯޒްގެ ސިނޯފާމް ވެކްސިން ހަދިޔާކުރައްވާފައިވާތީ އެކަމަށްޓަކައި ޗައިނާގެ ރައީސްއަށާއި، އެޤައުމުގެ ސަރުކާރަށް އިޚުލާސްތެރިކަމާއެކު ޝުކުރުއަދާކުރެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު