އަހުމަދު މަސްނޫމް   7 ސެޕްޓެމްބަރު 2021 - 16:11
އިލެކްޝަންސް ކޮމިޝަން، އީސީގެ ރައީސްގެ މަގާމަށް އަންނަ ހަފްތާގައި ބޭފުޅަކު އައްޔަންކުރުމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ކުރިއަށް ގެންދިއުމަށް ނިންމާފައި މިވަނިީ، އެކޮމިޝަނުގެ ރައީސްކަމުގެ މަގާމުގެ ހުންނެވި އަހުމަދު ޝަރީފް ޖޫންމަހު ކޮމިޝަނުން އިސްތިއުފާދެއްވުމާއި ގުޅިގެނެވެ.

ޝަރީފް އިސްތިއުފާ ދެއްވުމުން ހުސްވި މެމްބަރުކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވަނީ މުހައްމަދު އާސިފް އައްޔަންކުރައްވާފައެވެ.



ކޮމިޝަނުގެ މެމްބަރުން މިހާރު ހަމަވެފައިވާއިރު، ކޮމިޝަނުގެ ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ. ކޮމިޝަނުގެ ރައީސް އައްޔަންކުރާނީ މެމްބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.

ކޮމިޝަނުގެ ރައީސްގެ މަގާމުން ޝަރީފު އިސްތިއުފާ ދެއްވި ފަހުން އީސީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވީ ނައިބު ރައީސް އިސްމާއިލް ހަބީބެވެ.



ކިޔުންތެރިންގެ ހިޔާލު