އަހުމަދު މަސްނޫމް   7 ސެޕްޓެމްބަރު 2021 - 16:35
މެދުކަނޑާލާފައި އޮތް ދަރިވަރުންގެ ނާސްތާ ޕްރޮގްރާމް އަންނަ ޖެނުއަރީމަހު ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

2019 ވަނަ އަހަރު ފެށި ދަރިވަރުންގެ ނާސްތާ ޕްރޮގްރާމް މިދިޔަ އަހަރު ސަރުކާރުން ހުއްޓާލީ، ކޯވިޑް19އާ ގުޅިގެނެވެ. އަދި މި އަހަރުގެ ނިޔަލަށް ނާސްތާ ޕްރޮގްރާމް ނުފަށާނެކަމަށް މިނިސްޓްރީން ވަނީ ކުރިން ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ އަންނަ ޖެނުއަރީމަހު ނާސްތާ ޕްރޮގްރާމް އަލުން ފެށުމަށް މަސައްކަތްކުރަމުން ގެންދާކަމަށެވެ.



ސްކޫލުތަކުގެ ކުދިންނަށް ސަރުކާރުގެ ހަރަދުގައި ފެށި ނާސްތާ ޕްރޮގްރާމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ޕްރޮގްރާމް މެދުކަނޑައިލުމާ ހަމައަށް 139 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ސަރުކާރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު