ހިޔާ ފްލެޓްތަކަށް ވަނުމަށް އެހީ ބޭނުންވާ މީހުންގެ މައުލޫމާތު ޖުމްހޫރީ ޕާޓީން ސާފުކޮށްފިއެވެ.

ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް އެހީވުމުގެ މަސައްކަތް ޖުމްހޫރީ ޕާޓީން ފަށާފައި މިވަނީ، ފާލެޓް ލިބުނު ފަރާތްތަކުން ފްލެޓްތަކަށް ވަނުމަށް މާލީގޮތުން ދަތިތަކެއް ކުރިމަރިވެފައިވާކަމަށް ގިނަ ބަޔަކު ބުނަމުންދާ ދަނޑިވަޅެއްގައެވެ.

ހިޔާ ފްލެޓް ލިބުނު މީހުންގެ ހައްގުގައި މަސައްކަތްކުރާ “އާއްމުންގެ އެކުވެރި ގުޅުން” ޖަމުއިއްޔާއިން ބުނީ ފްލެޓްތަކަށް ވަނުމަށް ބޭނުންވާ މީހުންނަށް އެހީތެރިކަން ހޯދަން އިއްޔެ ކުރި ޓްވީޓާއި ގުޅިގެން ޖުމްހޫރީ ޕާޓީން ބައްދަލުކޮށް އެހީ ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ. އެގޮތުން އެހީ ބޭނުންވާ މީހުންނާއި، ބޭނުންވާ އެހީތަކާ ގުޅޭގޮތުން މަޝްވަރާކޮށް މައުލޫމާތު ސާފު ކޮށްފައިވާކަަމަށް އެޖަމިއްޔާއިން ބުނެއެވެ.



ހިޔާ ފްލެޓްތަކަށް ބަދަލުވުމުގެ މަސައްކަތް ގިނަ ބަޔަކު ފަށާފައިވާއިރު، ފިނިޝިންގ މަސައްކަތާއި ފްލެޓަށް ބޭނުންވާ ތަކެތި ހޯދުމުގައި ގިނަ ބަޔަކަށް ވަނީ ދަތިތައް ކުރިމަތިވެފައެވެ. އެހެންކަމުން މިކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތްތަކަށް އެ ފުރުސަތު އެބައޮތްކަމަށް ހިޔާ ފްލެޓް ލިބުނު މީހުންގެ ހައްގުގައި މަސައްކަތްކުރާ “އާއްމުންގެ އެކުވެރި ގުޅުން” ޖަމުއިއްޔާއިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު