މާލެ ސަރަހައްދުގައި 15 ސެޕްޓެމްބަރުން ފެށިގެން ކުނި ނަގާނީ ވަކިވަކި އެޕާޓްމަންޓްތަކުންކަމަށް ވެމްކޯއިން ހާމަކޮށްފިއެވެ.
ވެމްކޯއިން ބުނީ ފުރަމާލެ ސަރަހައްދުގެ ގޭބިސީތަކަށް އެކޯޕަރޭޝަނުން ފޯރުކޮށްދެމުންދާ ކުނި ނެގުމުގެ ޚިދުމަތްތަކަށް ބަދަލުގެނައުމަށް ނިންމައި ކުރި އިއުލާނާ ގުޅިގެން ކަސްޓަމަރުންގެ ފަރާތުން ލިބުނު ޚިޔާލަށް ރިއާޔަތް ކުރުމަށް ފަހު، އެކޯޕަރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތަކަށް ބަދަލުތަކެއް ގެނެއުމަށް ނިންމާފައިވާކަމަށެވެ.
އެގޮތުން މިހިނގާ ސެޕްޓެމްބަރ މަހުގެ 15 އިން ފެށިގެން އެކޯޕަރޭޝަނުން ފޯރުކޮށްދެމުންދާ ކުނި ނެގުމުގެ ޚިދުމަތަށް ރަޖިސްޓްރީ ކޮށްފައިވާ އަދި މަހުން މަހަށް ފައިސާ ދައްކަމުން އަންނަ ގޭބިސީތަކުގެ ވަކި ފަންގިފިލާތަކުގެ، ދޮރުމަތިން ކުނި ނެގުމުގެ (ޑޯސްޓެޕް) ޚިދުމަތް އަލުން ފެށުމަށް ނިންމާފައިކަމަށް ވެމްކޯއިން ބުނެފައި ވެއެވެ.
ވެމްކޯއިން ބުނީ ކުނި ނެގުމުގެ ޚިދުމަތަށް ކުރިން ރެޖިސްޓަރ ކުރިނަމަވެސް ފީ ނުދައްކާ ގޭބިސީތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ފާއިތުވެދިޔަ 3 މަސް ދުވަހުގެ ބިލްތައް ފިޔަވާ، ބާކީ ހުރި ވެމްކޯގެ ބިލަށްވާ ފައިސާ ދައްކާ ޚަލާސްކުރުމުން ކަމަށެވެ. އަދި 7 ސެޕްޓެމްބަރުން ފެށިގެން ވެމްކޯއިން ގޭބިސީތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ރެޖިސްޓަރ ކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އިމާރާތުގެ ވެރިފަރާތުގެ ނަމުގައިކަމަށާއި، މިފަދަ ރެޖިސްޓްރޭޝަންތަކަށް ވަކި އިމާރާތެއް (ބިލްޑިންގ ސާރވިސް) ނުވަތަ ވަކި އެޕާޓްމަންޓްތަކެއްގެ (ޑޯސްޓެޕް ސާރވިސް) ގޮތުގައި އެދެވޭނެކަމަށް ވެމްކޯއިން ބުނެއެވެ.
ވެމްކޯއިން ބުނީ ކޮންމެ ގޭބިސީއަކުން ވެސް ދުވާލަކަށް އުކާލެވޭނީ ދުވަހުކުނީގެ މިންގަނޑަށް ފެތޭ މެދު ސައިޒު (40 މީޓަރު) ގެ 3 ޑަސްބިން ކޮތަޅުގެ ކުނި ނުވަތަ ކަޅު ޑަސްބިން ކޮތަޅު (120 ލީޓަރު)ގެ ކުނިކަމަށެވެ.
ދުވަހު ކުނީގެ ގޮތުގައި ބަރު އަދި ބޮޑެތި ކުނި ނެގުމަށް ހަމަޖެހިފައި ނުވާކަމަށްވެސް ވެމްކޯއިން ބުނެފައި ވެއެވެ.
ވެމްކޯގެ މާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން އިތުރަށް ތަރައްޤީ ކުރުމަށްޓަކައި ސައިޓްގެ ބޮޑު ސަރަހައްދެއް ބަންދުކުރަން ޖެހުމުން، އަމިއްލައަށް ސައިޓަށް ގޮސް ކުނި އުކާލުމަށްޓަކައި ދޫކުރެވިފައިވާ ވެމްކޯގެ ޑީ. ކާޑުގެ ހިދުމަތް ސެޕްޓެމްބަރ 15 އިން ފެށިގެން މެދުކަނޑާލެވޭނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ. އަދި އެފަދަ ކަސްޓަމަރުން ވެމްކޯއިން ގޭބިސީތަކަށް ފޯރުކޮށްދޭ ކުނި އުކާލުމުގެ ހިދުމަތަށް ރެޖިސްޓަރ ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ފުރަމާލެ ސަރަހައްދުގައި ވެމްކޯއިން ކުނި ނެގެމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ 18:00 އާއި 23:00 އާއި ދެމެދުގެ ވަގުތު ތަކުގައެވެ.
ގަބޫލުކުރެވޭ ގޮތުގައި ވެމްކޯއިން މިފަދަ ކުއްލި ބަދަލެއް މިގެނައީ ބައެއް ފަރާތްތަކުން ފައިސާ ނުދައްކައި ކުނި އުކާލުމުގެ ޚިދުމަތް ހޯދާތީ ފައިސާ ދެއްކުމަށް މަޖުބޫރު ކުރުމުގެ ގޮތުންނެވެ. ގިނަ އާންމު ރައްޔިތުން ގަބޫލުކުރާ ގޮތުގައި ސަރުކާރުން ހުރިހާ ރައްޔިތުންގެ އަތުން ހުރިހާ ޚިދުމަތަކަށާއި ގަންނަ މުދަލަށް ޓެކްސް ނަގަމުންދާއިރު މިފަދަ މުނިސިޕަލް ޚިދުމަތްތަކުން ލުއިދޭން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު