އެމްޓީސީސީން ކުރިއަށްގެންދާ އދ. ހަންޏާމީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް 4 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާކަމަަށް އެކުންފުނިން ހާމަކޮށްފިއެވެ.
މިމަޝްރޫޢުގެ ދަށުން އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތާއި ނެރަށް ވަންނަން އޮންނަ ސަރަހައްދު ފުންކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށްވެސް އެމްޓީސީސީން ބުނެފައި ވެއެވެ.
އދ. ހަންޏާމީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުއަކީ މިނިސްޓްރީއޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢަކީ 32.2 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެެވެ.
މި މަޝްރޫޢުގެ ދަށުން، 6،363.1 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 266 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި ހަމަ މިމަޝްރޫޢުގެ ދަށުން 1،330 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުން ހިމެނޭކަމަށް އެމްޓީސީސީން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު