ތައުލީމު އުނގަންނައިދިނުމުގެ ނަމުގައި ދަރީންގެ އިސްލާމީ އަގީދާ ހަލާކު ކުރަމުންދާ ކަމަށް ޕްރޮފެސަރ ހަސަން އުގައިލް ތުހުމަތު ކުރައްވައިފިއެެވެ.

ޕްރޮފެސަރ ހަސަން އުގައިލް ވިދާޅުވީ ތައުލީމު ދިނުމުގެ ނަމުގައި ދަރީންގެ އިސްލާމީ އަގީދާ ފާސިގު ކުރާ ކަމުގެ ސާފު ހެކި ފެންނަމުންދާ ކަމަށެވެ. އެހެންނަމަވެސް އުގައިލް އެފަދައިން ވިދާޅުވި ސަބަބާއި އެ ވިދާޅުވާ ސާފު ހެއްކަކީ ކޮބައިކަން އޭނާ ހާމަކުރަށްވާފައެއް ނުވެއެވެ. އުގައިލް ވިދާޅުވީ އެގޮތަށް ދިވެހި ދަރީންގެ އަގީދާ ފަސާދަ ކުރަން ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

އުގައިލް ވިދާޅުވީ އެއީ ދިވެހި ފަސްގަނޑަށް އުފަން ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ރައްދުކުރާ ޝުޢޫރެއް ކަމަށެވެ. އެއްވެސް ހާލެއްގައި އެކަމަށް ތަންދެވިގެނެއް ނުވާނެ ކަމަށް އުގައިލް ވިދާޅުވިއެެވެ. އެކަމަށް ތަންދީފިނަމަ ދެން ވާނެ ގޮތް ވެސް އުގެއިލް ވަނީ ބަޔާންކުރައްވާފައެވެ.

"އޭގެ ސަބަބުން ޖީލުތައް، ހަލާކުވާނެއެވެ. ރާއްޖޭގައި އިތުރު ހަމަނުޖެހުންތައް އުފެދޭނެއެވެ. ނަތީޖާއަކަށް ވާނީ، ދިވެހި ގައުމު ޖަހައިގަތުމަށް ފާރަލާ ބަޔަކަށް އެ ކަމުގެ ދޮރުތައް އޭގެ ތަންމިނަށް ހުޅުވުމެވެ. ރައްކާވެތިބިއްޔާ ދަތުރެވެ." އައްޑު އަތޮޅަށް އުފަން އުގައިލް ވިދާޅުވިއެވެެ.

އުގައިލް މިމޭރުމުން ވާހަކަ ދެއްކެވީ ސީދާ ކޮންކަމަކާއި ގުޅިގެންކަން ސާފެއް ނޫނެވެ. އެހެން ނަމަވެސް ބޭރު ގައުމެއްގެ ފަންޑު ހޯދައިގެން ސްކޫލް ތަކުގައި ހައްދުފަހަނައަޅާ ދިއުން ހުއްޓުވަން ކަމަށްބުނެ ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ހިންގާ ޕްރޮގްރާމެއްގައި ބޭނުންކުރާ ސްލައިޑް ތަކެއް ކަމަށްބުނެ މީސްމީޑިއާގައި ވަނީ ކަލަކު ވޮޑިގެންވާ ކަމާމެދު ސުވާލު އުފައްދާފައިވާ ސްލައިޑް ތަކެއް ލީކްކޮށްލާފައެވެ. އެކަމާއި ގުޅިގެން ގިނަ ދީނީ އިލްމްވެރިންނާއި އާންމުންގެންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު