ވެމްކޯގެ މުވައްޒަފަކު ކުނިއުކުމުގެ މަސައްކަތުގައި
ވެމްކޯގެ މުވައްޒަފަކު ކުނިއުކުމުގެ މަސައްކަތުގައި
ވެމްކޯ މުވައްޒަފުންގެ ހުރިހާ ރެންޑަމް ސާމްޕަލްތަކެއް ނެގެޓިވް ވެއްޖެއެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.

"ވެމްކޯގެ ހުރިހާ މުވައްޒަފުންގެ ރެންޑަމް ސާމްޕަލްސް ނެގެޓިވް." އެމްޑީ އެޑަމް މިރޭ ކުރެއްވި ޓްވީޓެއްގައި ވެއެވެ.

އެ ކުންފުނީގެ މުވައްޒަފަކު މީގެކުރިން ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވްވީ ވެމްކޯގެ ކޯލް ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފެެކެވެ.

ރާއްޖެއިން މިހާތަނަށް 904 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، މީގެތެރޭގައި ހިމެނެނީ 304 ދިވެހިންނާއި 600 ބިދޭސީންނެވެ.

ޕޮޒިޓިވްވި މީހުންގެ ތެރެއިން 32 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ތިން މީހަކު ވަނީ މަރުވެފައެވެ. އެގޮތުން މަރުވެފައިވަނީ ދެ ދިވެއްސަކާއި ބިދޭސީ އެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން