ދިވެހިިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާ ޑިފެންސް އެޓާޗޭއަކަށް ކާނަލް މުހައްމަދު އިބްރާހިމް ހަމަޖައްސައިފިއެވެ.
ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ މިއަދު ވަނީ އިންޑިއާއަށް އަލަށް ކަނޑައަޅާ ޑިފެންސް އެޓާޗޭއަކަށް ކާނަލް މުހައްމަދު އިބްރާހިމް ހަމަޖެއްސެވުމާއި ގުޅިގެން އޭނާއާ ބައްދަލުކުރަށްވައި މަރުހަބާ ދަންނަވާފައެވެ.
އިންޑިއާއަށް ރާއްޖެއަށް ކަނޑައަޅާ ޑިފެންސް އެޓާޗޭގެ މަޤާމުގައި މިހާރު ހުންނެވީ ކާނަލް ތާހިރުއެވެ. އޭނާގެ މަޤާމުގެ ދައުރު ހަމަކުރެއްވުމަށްފަހު ވަރަށް އަވަށް ރާއްޖެ ވަޑައިގަންނަވާނެކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ.
ދިވެހިިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާ ޑިފެންސް އެޓާޗޭއަކަށް ކާނަލް މުހައްމަދު އިބްރާހިމް ހަމަޖެއްސެވުމާއި ހަމައަށް އޭނާ ހުންނެވީ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްގެ މަގާމުގައެވެ.
އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯ (އޭޖީ ކޯ) އަކީ ގައުމީ ދިފާއީ ބާރުގެ ސެރެމޯނިއަލް ޑިއުޓީތައް އަދާ ކުރުމާއި ސިވިލް އަދި ޕަބްލިކް އެފެއާޒްގެ ހިދުމަތްތަކާއި ލީގަލް ސަޕޯޓާއި އަސްކަރީ ފުލުހުންގެ ހިދުމަތް ފޯރުކޮށް ދިނުމާއި ހިއުމަން ރިސޯސްއާއި ފައިނޭންޝަލް މެނޭޖްމަންޓް ދާއިރާގެ އެކްސްޕަޓީސް ފޯރުކޮށްދިނުމަށްޓަކައި އުފައްދާފައިވާ ސަޕޯޓް ސާވިސް އެކެވެ.
އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސްގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ކާނަލް މުހައްމަދު އިބްރާހީމް ހުންނެވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަރުގެ މަގާމުގައެވެ.

Hon. Minister @MariyaDidi congratulated the new DA to India COL Mohamed Ibrahim, who replaces COL Thohir, who will return home shortly upon term completion. The Minister was joined by Military Secretary BG Abdul Matheen Ahmed. @MNDF_Official pic.twitter.com/hTK7TadDLa
— Ministry of Defence (@MoDmv) September 8, 2021
ދިވެހިިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާ ޑިފެންސް އެޓާޗޭއަކަށް ކާނަލް މުހައްމަދު އިބްރާހިމް ހަމަޖެއްސެވުމާއި ހަމައަށް އޭނާ ހުންނެވީ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްގެ މަގާމުގައެވެ.
އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯ (އޭޖީ ކޯ) އަކީ ގައުމީ ދިފާއީ ބާރުގެ ސެރެމޯނިއަލް ޑިއުޓީތައް އަދާ ކުރުމާއި ސިވިލް އަދި ޕަބްލިކް އެފެއާޒްގެ ހިދުމަތްތަކާއި ލީގަލް ސަޕޯޓާއި އަސްކަރީ ފުލުހުންގެ ހިދުމަތް ފޯރުކޮށް ދިނުމާއި ހިއުމަން ރިސޯސްއާއި ފައިނޭންޝަލް މެނޭޖްމަންޓް ދާއިރާގެ އެކްސްޕަޓީސް ފޯރުކޮށްދިނުމަށްޓަކައި އުފައްދާފައިވާ ސަޕޯޓް ސާވިސް އެކެވެ.
އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސްގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ކާނަލް މުހައްމަދު އިބްރާހީމް ހުންނެވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަރުގެ މަގާމުގައެވެ.
ކިޔުންތެރިންގެ ހިޔާލު