ޝަރީފް ވިދާޅުވީ އައްޑޫ ސިޓީގެ ދެފަރު ގުޅުވާލަދޭ ބުރިޖު އެއީ އައްޑޫގެ އިގްތިސާދު ވަށައިޖެހި، އައްޑޫގެ ރައްޔިތުންގެ އިޖުތިމާއީ ގުޅުން ބަދަހިވެގެންދާނެ ބުރިޖެއްކަމަށެވެ. އަދި ބްރިޖުގެ ސަބަބުން އައްޑޫގެ ބިމުގެ އަގު މަތިވެ، އިގްތިސާދީ ހަރަކާތްތައްވެސް އިތުރުވެ، މުދަލާއި ހިދުމަތްތަކުގެ އަގު ހެޔޮވެގެންދާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އައްޑޫ ގެ ދެފަރު ގުޅުވާލަދޭ ބުރިޖު އެއީ އައްޑޫގެ އިގްތިސާދު ވަށައިޖެހި، އައްޑޫގެ ރައްޔިތުންގެ އިޖުތިމާއީ ގުޅުން ބަދަހިވެގެންދާނެ ކަމެއް، އަދި އައްޑޫގެ ބިމުގެ އަގު މަތިވެ، އިގްތިސާދީ ހަރަކާތްތަށް އިތުރުވެ، މުދަލާއި ހިދުމަތްތަކުގެ އަގު ހެޔޮވެގެންދާނެ ކަމެއް، ބުރިޖު އަޅަންޖެހޭ
— Shareef (@shar_f) September 8, 2021
ޝަރީފް އިތުރަށް ވިދާޅުވީ އައްޑޫ ސިޓީގެ ބުރިޖު އަޅަނީ ކޮންބައެއްތޯ އައްޑޫ މީހުން މިފަހަރު ނުބަލާނެކަމަށާއި އަދި އައްޑޫ ސިޓީގައި ބުރިޖު އަޅަން ކިހާވަރެއް ހަރަދުވޭތޯވެސް އައްޑޫ މީހުން ނުބަލާނެކަމަށެވެ. ނަމަވެސް އައްޑޫ މީހުން ބަލާނީ މިސަރުކާރުން ބުރިޖު އަޅަން 2022 ގެ ބަޖެޓުގައި ހިމަނާތޯކަމަށް ޝަރީފް ވިދާޅުވިއެވެ.
އައްޑޫ ގެ ބުރިޖު އަޅަނީ ކޮންބައެއްތޯ އައްޑޫ މީހުން މިފަހަރު ނުބަލާނެ، އަދި އައްޑޫ ބުރިޖު އަޅަން ކިހާވަރެއްތޯ ހަރަދުވަނީވެސް އައްޑޫ މީހުން ނުބަލާނެ، އަދި ބުރިޖުގެ ދެކޮޅު ގުޅާނީ ކޮންތަނަކާތޯވެސް ނުބަލާނެ، އައްޑޫ މީހުން ބަލާނީ މިސަރުކާރުން ބުރިޖުައަޅަން 2022 ގެ ބަޖެޓުގައި ހިމަނާތޯ
— Shareef (@shar_f) September 8, 2021
ޝަރީފް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް 11 އަހަރުވެ 9 އިސްލާހު ގެނެވުނު އިރުވެސް ރައްޔިތުން ބޭނުންވި އިގްތިސާދީ މިނިވަންކަން އަތޮޅުތަކަށް ނުލިބުނުކަމަށެވެ. އަދި ރައްޔިތުންނާއި ގާތުން ހިދުމަތް ދެވޭގޮތެއް ނުވިއިރު، މިހާރުވެސް އަތޮޅުތަކުގެ ތަރައްގީގެ ކަންކަން ނިންމަނީ މާލޭގެ ފިނި ކޮޓަރިތަކުގެތެރޭގައި ތިބެގެންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުން އެދޭ ތަރައްގީ ގެނެވޭނީ ގާނޫނު އަސާސީގައި ކަނޑައެޅިފައި އޮތް ޔުނިޓަރީ ދައުލަތުގެ ބަދަލުގައި ފެޑްރަލް ދައުލަތަކަށް ބަދަލުކޮށް، ފެޑްރަލް ނިޒާމެއްގެ ތެރެއިން ސްޓޭޓުތަކެއް ހަދައި، އެބައެއްގެ ސްޓޭޓެއް އެބައެއްގެ ވިސްނުމާއި ފިކުރަށް ހިންގައިގެން
— Shareef (@shar_f) September 8, 2021
ޝަރީފް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުން އެދޭ ތަރައްގީ ގެނެވޭނީ ގާނޫނު އަސާސީގައި ކަނޑައެޅިފައި އޮތް ޔުނިޓަރީ ދައުލަތުގެ ބަދަލުގައި ފެޑްރަލް ދައުލަތަކަށް ބަދަލުކޮށް، ފެޑްރަލް ނިޒާމެއްގެ ތެރެއިން ސްޓޭޓުތަކެއް ހަދައިގެންކަމަށެވެ. އަދި އެބައެއްގެ ސްޓޭޓެއް އެބައެއްގެ ވިސްނުމާއި ފިކުރަށް ހިންގައިގެން ތަރައްޤީ ގެނެވޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު