ލ. ގަމުގައި ގާއިމްކުރާ ކެންސަރ ހޮސްޕިޓަލަކީ، ކުރިމަގަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށް ޓާޓާ މެމޯރިއަލް ސެންޓަރ (ޓީއެމްސީ) އިން ބުނެފިއެވެ.
އިންޑިއާގެ މުމްބައިގައި ހުންނަ ޓީއެމްސީގެ މަންދޫބުންގެ ޓީމުން މިހެން ބުނެފައި ވަނީ ކެންސަރ ހޮސްޕިޓަލް މަޝްރޫއާ ގުޅިގެން މިހާރު ގަމަށް ކުރަމުންދާ ޒިޔާރަތުގައި ގަމު ކައުންސިލާ ބައްދަލުކޮށް ކުރެވުނު މަޝްވަރާތަކުގެ ތެރެއިންނެވެ. ޓީއެމްސީގެ މި ޓީމުގައި ކެންސަރަށް ހާއްސަ ދެ ޑޮކްޓަރުން ވެސް ހިމެނެއެވެ.
އެގޮތުން މި ޓީމުން ބުނީ، ކެންސަރ ހޮސްޕިޓަލްގެ މަޝްރޫއަކީ ގަމަށް މުހިންމު މަޝްރޫއެއް ކަމަށާއި މި ހޮސްޕިޓަލް ހުޅުމާލޭގައި ގާއިމް ނުކޮށް، ގަމުގައި ގާއިމް ކުރަން ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށެވެ. ގަމުގައި ކެންސަރަށް ހާއްސަ ހޮސްޕިޓަލެއް ހުރުމަކީ ރަށު ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރާނެ ކަމެއް ކަމަށްވެސް މި ޓީމުން ފާހަގަކޮށްފައިވާއިރު، މި ހޮސްޕިޓަލް ގަމުގައި ގާއިމްކުރުމަކީ ކުރިމަގަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށްވެސް މި ޓީމުން ވަނީ ފާހަގަކޮށްފައެވެ.
އަދި މި ކެންސަރ ހޮސްޕިޓަލަކީ ހަމައެކަނި ކެންސަރު ބައްޔަށް ފަރުވާ ކުރާނެ ތަނަކަށް ނުވާނެ ކަމަށާއި، މި ހޮސްޕިޓަލް ވެގެންދާނީ ސިއްހީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ތަމްރީނުދޭ ތަނަކަށް ކަމަށްވެސް ޓާޓާ މެމޯރިއަލްގެ މަންދޫބުން ފާހަގަކޮށްފައި ވެއެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ޓާޓާ މެމޯރިއަލްގެ މަންދޫބުން ވަނީ، ގަމުގައި ގާއިމްކޮށްފައި ހުރި އެކި ހިދުމަތްތަކާ ބެހޭ މައުލޫމާތު ސާފު ކޮށްފައެވެ. އެގޮތުން ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓުގެ ހިދުމަތްތަކާ ބެހޭ މައުލޫމާތު އެ ޓީމުން ސާފުކޮށްފައި ވެއެވެ.
ގަމު ކައުންސިލާއެކު ބޭއްވި މި ބައްދަލުވުމުގައި، ކައުންސިލަރުންނާއި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވަނީ، ކެންސަރ ހޮސްޕިޓަލް ގާއިމް ކުރުމަށް ޓާޓާ މެމޯރިއަލަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު