ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ގެންދަނީ އައްޑޫ ސިޓީ ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިމިނުގައި ކުރިއަށްގެންދަމުންކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިހެން ވިދާޅުވީ ސ. ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކަށް އިޝާރާތް ކުރައްވައެވެ.
ނިހާދު ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްޤީއަށް ރައީސް ސާލިހުގެ ސަރުކާރުން ހިންގުމަށް ރޭވި އެތައް ޕްރޮޖެކްޓެއްގެ އަމަލީ މަސައްކަތް ދަނީ ބާރަށް ކުރިއަށްކަމަށެވެ. އަދި ބާކީ ހުރި މަސައްކަތްތައްވެސް ވަރަށް އަވަހަށް ފެށޭނެކަމަށާއި، ސަރުކާރު އޮތީ އައްޑޫ ރައްޔިތުންނާއެކުކަމަށް ނިހާދު ވިދާޅުވިއެވެ.
"އައްޑޫ ސިޓީގެ ތަރައްޤީއަށް ރައީސް ސާލިހުގެ ސަރުކާރުން ހިންގުމަށް ރޭވި އެތައް ޕްރޮޖެކްޓެއްގެ އަމަލީ މަސައްކަތް ދަނީ ބާރަށް ކުރިއަށް. އަދި ބާކީ ހުރި މަސައްކަތްތައްވެސް ވަރަށް އަވަހަށް ފެށޭނެ. ސަރުކާރު އޮތީ އައްޑޫ ރައްޔިތުންނާއެކު." ނިހާދު ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ސ. ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާއިރު މިހާރު ކުރިއަށްދަނީ 8.5 އެމްއެސްއެލް (މީން ސީ ލެވެލް) ފުނަށް، އައު ހާބަރ ބޭސިން އާއި ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތްތަކެވެ. އަދި މި މަސައްކަތުގައި "ޖައްރާފާ 3" ގެންދަނީ 2 ޝިފްޓަކަށް ބަހާލައިގެން 24 ގަޑިއިރު އޮޕަރޭޓް ކުރަމުންކަމަށް އެމްޓީސީސީން ބުނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 68.80 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މިމަޝްރޫޢުގެ އިތުރުންވެސް އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުގައި އެތައް މިލިއަން ރުފިޔާގެ މަޝްރޫޢުތައް ސަރުކާރުން އަންނަނީ ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު