ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ށ. ފޯކައިދޫ އައު އިންޖީނުގޭގެ ޚިދުމަތް ލިބެންފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ށ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޯކައިދޫއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެރަށުގައި އަލަށް ތަރައްޤީކުރާ އިންޖީނުގޭގެ މަސައްކަތް ބައްލަވާލައްވާފައެވެ. އަދި އެރަށު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އައު އިންޖީނުގޭގެ މަސައްކަތް މިހާރު ނިމުމަކާއި ގާތްވެފައިވާކަމަށެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޖަނެރޭޓަރުތައް އައު އިންޖީނުގެއަށް ބަދަލުކޮށް ޚިދުމަތް ދޭން ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.



ށ. ފޯކައިދޫގައި މިހާރު ބޭނުންކުރަމުން އަންނަ އިންޖީނުގެ އަކީ މީހުން ދިރިއުޅޭ ސަރަހައްދުގައި އަދި ޕްރީ ސްކޫލް ކައިރީގައި ހުންނަ އިންޖީނުގެއެއްކަމުން އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށާއި ޕްރީ ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް ކިޔަވައިދިނުމަށްވެސް ދަތިތަކެއް ކުރިމަތިވެއެވެ. އައު އިންޖީނުގޭގެ ޚިދުމަތް ލިބެން ފެށުމުން ރަށުގެ ރައްޔިތުންނަށް މިހާރު ދިމާވާ ތަކުލީފުތަކަށް ބޮޑު ހައްލެއް ލިބޭނެކަމަށް ރަށުގެ ރައްޔިތުން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު