ކޯވިޑް-19 އާ ގުޅިގެން މާލީ ހާލަތު ދަށްވެފައިވާތީ ޕެންޝަން ފަންޑުން ފައިސާ ނެގޭނެ އުސޫލުވެސް ހިމަނައިގެން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ދެވަނަ ފަހަރަށް ބިލު ހުށަހެޅުއްވުމުން ވެސް އެ ބިލު އެޖެންޑާ ނުކޮށް މަޖިލީހުން ބޭރުކޮށްލައިފިއެވެ.
އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ނައިބު ލީޑަރު ސައީދު މީގެ ކުރިން ވެސް މަޖިލީހަށް މި ބިލު ހުށަހެޅުއްވުމުން، ބިލުގައި ސަރުކާރުގެ އާމްދަނީ އާއި ހަރަދާއި ފައިސާއާ ގުޅުން ހުރި ކަންކަން ހިމަނާފައި ވާތީ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ބިލު އެޖެންޑާ ނުކުރަށްވައި އަލުން އިސްލާހު ކުރުމަށް ފަހު ބިލު ހުށައަޅުއްވަން އަންގަވާފައެވެ.
ބިލަށް އިސްލާހުތަކެއް ގެނައުމަށް ފަހު ސައީދު ވަނީ އިއްޔެ އަލުން ތަޅުމަށް ބިލު ފޮނުވައިފަ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، ސައީދުގެ ބިލު އަދިވެސް އޮތީ ސަރުކާރުގެ ފައިސާއާ ގުޅުން ހުރި ބައެއް ކަންކަން ހިމަނައިގެން ކަމަށެވެ. އެފަދަ ބިލެއް ހުށަހެޅޭނީ ސަރުކާރަށް ކަމަށް ވުމުން ބިލު ބަލައިގަނެވެން ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އެއިރަކު ސަރުކާރެއްގައި ތިއްބަވާ ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން ހުށައެޅޭ ގޮތަށް މި މަޖިލީހުގެ ޤަވާއިދުގައި އޮތް މައްސަލައެއް މިއީ. އެހެންކަމުން އަޅުގަނޑަށް ޢިއްޒަތްތެރި މެމްބަރުގެ ބިލް ބަލައިގަނެވެން ނެތް ވާހަކަ ހިތާމައާއެކު ދަންނަވަން." ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ސަރުކާރުގެ އާމްދަނީ އާއި ހަރަދާއި ފައިސާއާ ގުޅުން ހުރި މައްސަލަތަކާއި ބިލުތައް މަޖިލީހަށް ހުށަހެޅޭނީ ސަރުކާރުގެ ފަރާތުން އެކަންޏެވެ. އެ ގޮތަށް ހުށަހަޅާނީ ސަރުކާރު ހިންގާ ޕާޓީއެއްގެ މެންބަރަކު މެދުވެރިކޮށެވެ.
ދެވަނަ ފަހަރަށް ސައީދު ހުށަހެޅުއްވި ބިލުގައި ވެސް ޕެންޝަން ފަންޑުން ފައިސާ ނެގޭނެ ގޮތް ހަމަޖެއްސުމާއި ދަނޑުވެރި ބިންތަކުގެ ކުލި ފަސްކޮށްދިނުން ހިމަނާފައިވެއެވެ. އަދި ބިލުގައި ސަރުކާރުގެ ފައިސާއާ ގުޅުން ހުރި އިތުރު ތިން މާއްދާއެއް އިސްލާހުކޮށްފައިވެ ވެއެވެ. އަދި މާލޭގައި ކުއްޔަށް ދިރިއުޅޭ ފަރާތްތަކަށް ލުޔެއް ލިބޭފަދަ މާއްދާއެއްވެސް ހިމަނާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު