ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ވެބްކޮންފަރެންސް މެދުވެރިކޮށް ކުރިއަށްދަނީ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ވެބްކޮންފަރެންސް މެދުވެރިކޮށް ކުރިއަށްދަނީ
ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުން ކުރުމަކީ އެމްޑީޕީގެ މެނިފެސްޓޯއެއް ހިނގާ ސަރުކާރަކުން ތާއީދު ކުރާނެ ސިޔާސަތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީއެންސީގެ ނައިބު ލީޑަރު، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ބިލުގައި ވަނީ ޕެންޝަން ފަންޑުގެ ފައިސާ ދޫކުރެވޭނެ އުސޫލެއް ހިމަނައިފައެވެ. ނަމަވެސް ބިލުގައި ސަރުކާރުގެ ފައިސާއާ ގުޅުން ހުރި އެފަދަ ކަންކަން ހިމަނާފައި ވާތީކަމަށް ބުނެ މަޖިލީހުން އެ ބިލު އެޖެންޑާ ކޮށްފައެއް ނުވެ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ސައީދުގެ ބިލުގައިވާ ގޮތަށް އެ ހުރިހާ ކަމެއް ކުރަން ޕެންޝަން ފަންޑުގެ ފައިސާއިން ހޭދަ ކުރަން ނުޖެހޭނެ ކަމަށާއި، ދައުލަތް ހިންގުމަށް ސަރުކާރުގައި ފައިސާ އެބަ ހުރި ކަމަށެވެ.

"ޕެންޝަން ފަންޑުގައި އަތްލާކަށް ނުޖެހޭނެ. ގައުމެއްގެ ޕެންޝަން ފަންޑުގައި އަތްލީމަ އެ ގައުމެއްގެ މާޒީ އެކީގައި ދިޔައީ. އެމްޑީޕީގެ މެނިފެސްޓޯއެއްގެ ދަށުން ހިނގާ ސަރުކާރަކުން ޕެންޝަން ފަންޑަށް މިފަދަ ގޮތެއް ހެދުމަށް އެއްބަސްވުން އެއީ ވަރަށް ދަތިކަމެއް." ރައީސް ނަޝީދު ވިދާޅުވި އެވެ.

ސައީދުގެ ބިލު ދެވަނަ ފަހަރަށް ހުށައެޅުމުން ވެސް ބަލައިނުގަތުމުން، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އާދަމް ޝަރީފު ވިދާޅުވީ ބިލު ބަލައިނުގަތުމަކީ މަޖިލީހުގެ ތެރޭގައި އިދިކޮޅު ފަރާތްތަކުގެ ދައުރު ގެއްލިގެން ދިޔަކަން ހާމަވެގެންދިޔަ ކަމެއް ކަމުގައި ގަބޫލު ކުރެއްވޭ ކަމަށެވެ.

އާދަމް ޝަރީފުގެ ކަންބޮޑުވުމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅު ވާދަވެރި ސިޔާސީ ޕާޓީތައް ބައިވެރިނުކޮށް އެމަނިކުފާނު ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ކަންކަމެއް ކުރިއަށް ނުގެންދަވާނެ ކަމަށެވެ. ސައީދުގެ ބިލު ބަލައިނުގަނެވުނީ އެއީ ފައިސާގެ ބިލަކަށް ވާތީއާއި މަޖިލީހުގެ ގަވާއިދު އެ ކަމަށް ތަން ނުދޭތީ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ޕެންޝަން ފަންޑުގެ ފައިސާ ބޭނުން ކުރަން ނުޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، މަޖިލީހުގައި ތިއްބަވާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ގިނަ މެންބަރުން ވަނީ ޕެންޝަން ފަންޑުގައި ހުރި ފައިސާ ރައްޔިތުންނަށް ނެގޭނެ ގޮތެއް ހަމަޖެއްސުމަށް ގޮވާލައްވާ ވާހަކަ ދައްކަވައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު


2

ޢިބޫ

13-May-2020

ޢެޢް ކަމެއްވެސް އެބަ ވޭތަ?



ޓްރެންޑިން