ރައްޔިތުންގެ މަޖިލީީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ސަރުކާރުން މަޖިލީހުގެ މެމްބަރުންގެ އަޑު އަހާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ވިދާޅުވީ، މަޖިލީހުގެ ތަޅުމުގައި އެކި މައްސަލަތަކަށާއި ބިލުތަކަށް މަޖިލީހުގެ މެންބަރުން ފާޅުކުރައްވައި ހިޔާލުފުޅުތައް ބައްލަވައި، ސަރުކާރުން އެކިއެކި ކަންކަމުގައި އުސޫލުތައް ހަދާއިރު އެ ހިޔާލުތައް ބޭނުން ކުރާ ކަމަށެވެ.

މި ހާލަތުގައި ހާލުގައި ޖެހުނު މީހުންނަށް އިނާޔަތް ދިނުމާ ގުޅޭ ގޮތުން ސަރުކާރުން މިއަދު އާންމުކުރި އުސޫލަށް ބެލުމުން ވެސް އެކަން ފާހަގަ ކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އިއްޒަތްތެރި މެންބަރުން ބަހުސް ކުރައްވާ މިންވަރު ބައްލަވައި، ނުވަތަ ބަހުސް ކުރައްވާއިރު ފާހަގަކުރައްވާ ނުކުތާތައް އެބަ ސަރުކާރުގެ އުސޫލުތަކުގެ ތެރޭގައި ވަރަށް ހިމެނިގެން އެބަ އާދޭ، މިއަދު ގެޒެޓް ކުރި އިންކަމް ސަޕޯޓް އެލަވަންސް އުސޫލަށް ބަލާލުމުން ވެސް އެކަން ސާފުވެގެންދޭ،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ކޯވިޑް-19 ގެ ސަބަބުން މާލީ ހާލަތު ދަށްވެފައިވާ ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް އެހީވާން ސަރުކާރުން ތައާރަފުކުރާ ޕްރޮގްރާމްތަކަށް މަޖިލީހުން ލަފާ ދިނުމާ ގުޅޭ ގޮތުން ހުރިހާ ކޮމިޓީއަކުން ތައްޔާރު ކުރި ރިޕޯޓް މަޖިލީހުގެ ތަޅުމަށް ލިބިފައިވާ ކަމަށެވެ.

300 އަށް ވުރެ ގިނަ ހުށަހެޅުން ހިމެނޭ ގޮތަށް މަޖިލީހުގެ 12 ކޮމިޓީގެ މި ރިޕޯޓުތައް އެއް ފޮތެއްގެ ގޮތުގައި މަޖިލީހުން އާންމު ކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އޭގެ ބޭނުމަކީ މަޖިލީހުން ދީފައިވާ ލަފާ ސަރުކާރަށާއި ރައްޔިތުންނަށް އާންމުކޮށް ފެންނާނެ ގޮތަށް ހެދުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ކޯވިޑް-19 އާ ގުޅިގެން މާލީ ހާލަތު ދަށްވާ ފަރާތްތަކަށް އެހީވާން ސަރުކާރުން ކުރާ މަސައްކަތަށް މަޖިލީހުން ލަފާ ދިނުމުގެ މައްސަލައެއް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ މަޖިލީހަށް ހުށައަޅުއްވާފައެވެ.

މަޖިލީހުން މިހާތަނަށް ވަނީ މި ހުށައެޅުއްވުމާއި ގުޅިގެން 12 ކޮމިޓީން އެކުލަވާލި ރިޕޯޓު ތަކުގެ ތެރެއިން އަށް ކޮމިޓީގެ ރިޕޯޓު ފާސްކޮށްފަ އެވެ. އެއީ ހިއުމަން ރައިޓްސް ކޮމިޓީ، ލާމަރުކަޒީ ކޮމިޓީ، އެންވަޔަރަމެންޓް ކޮމިޓީ، ޕެޓިޝަން ކޮމިޓީ، ޖުޑިޝަރީ ކޮމިޓީ، ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ، އެސްއޯއީ ކޮމިޓީ، އަދި އިގްތިސާދީ ކޮމިޓީގެ ރިޕޯޓެވެ.


ކިޔުންތެރިންގެ ހިޔާލު


11

ރޯނުއެދުރު

14-May-2020

މަ ހުވާ މީނަ އަށް ހީވާކަހަލަ މީނާ އަކީ އޭ ރައީސް އަކީ


11

ރޯނުއެދުރު

14-May-2020

މަ ހުވާ މީނަ އަށް ހީވާކަހަލަ މީނާ އަކީ އޭ ރައީސް އަކީ



ޓްރެންޑިން