މާފުށީގައި ހުންނަ ކުށްވެރިން ބައިތިއްބާ ޖަލު
މާފުށީގައި ހުންނަ ކުށްވެރިން ބައިތިއްބާ ޖަލު
ހުޅުމާލޭ ޖަލުގައި ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ ޢުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ.

ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުކުމެއް ތަންފީޒު ކުރަމުންދިޔަ 92 އަހަރުގެ މީހަކު ރޭ މަރުވެފަައިވާ ކަމަށާއި، އެ މީހާ ހުރީ ހުޅުމާލޭ ޖަލުގައި ކަމަށެވެ.

އަހުމަދު މުހައްމަދުފުޅު އިތުރަށް ވިދާޅުވީ، އެ މީހާ މަރުވުމާއި ގުޅިގެން ފުލުހުންނާއި އެޗްއާރުސީއެމް އަދި ކަމާބެހޭ އެހެން އިދާރާތަކަށް އެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

ރޭ ނިޔާވި މީހާ އާއި ބެހޭ އިތުރު މަޢުލޫމާތެއް ކޮމިޝަނަރ އޮފް ޕްރިޒަން އަދި ހާމަކުރައްވާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން