ރާއްޖޭގެ ރިީީީީީިިިީތި ރިސޯޓެއް- ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ވަނީ މުޅިން ހުއްޓިފައި. މިކަމާގުޅިގެން އެދާއިރާގެ ވަޒީފާއަށްވެސް ވަނީ ބުރޫއަރާފައި
ރާއްޖޭގެ ރިީީީީީިިިީތި ރިސޯޓެއް- ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ވަނީ މުޅިން ހުއްޓިފައި. މިކަމާގުޅިގެން އެދާއިރާގެ ވަޒީފާއަށްވެސް ވަނީ ބުރޫއަރާފައި
ކޯވިޑް-19 އާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް ޝަރުތު ތަކަކާއެކު އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 5000 ރުފިޔާ ދިނުމަށް ކަނޑައަޅައި މި އެލަވަންސް ދޭނެ އުސޫލު ރައީސް އޮފީހުން އާންމުކޮށްފިއެވެ.

މި އުސޫލުގެ ދަށުން އިންކަމް ސަޕޯޓް އެލަވަން ދިނުމަށް ކަނޑައަޅާފައި ވަނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޯވިޑް-19 އާއި ގުޅިގެން އެ ބައެއްގެ ވަޒީފާއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށާއި، ދިވެހިރާއްޖޭގައި އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން ކޯވިޑް-19 އާއި ގުޅިގެން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށެވެ.

އެ އުސޫލުގައި ބުނާ ގޮތުން މި އެލެވެންސް ދިނުމަށް ހަމަޖެހިފައިވަނީ 1 މާރޗް 2020 ގެ ފަހުން ވަޒީފާއިން ވަކިކޮށް ނުވަތަ ސަސްޕެންޑް ކޮށްފައިވާ ފަރާތްތަކަށާއި، މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވާފައިވާ ފަރާތްތަކާއި މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިިކޮށްފައިވާ ފަރާތްތަކަށެވެ.

މި އުސޫލު ބުނާގޮތުން ވަޒީފާއިން ވަކިކުރެވިފައިވާ ނުވަތަ ސަސްޕެންޑް ކުރެވިފައިވާ ފަރާތެއްނަމަ، މަހަކު 5,000 ރުފިޔާ ދެވޭނެއެވެ. އަދި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯގޭ ލީލް) އަށް ފޮނުވައިފައިވާ ފަރާތްތަކަށވެސް، މަހަކު 5,000 ރުފިޔާ ލިބިދެވޭނެއެވެ.

މީގެ އިތުރުން މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތްތަކަށް އުނިކުރި މުސާރަ 5000 ރުފިޔާ އަށްވުރެ ދަށްނަމަ ދޭނީ މުސާރައަށް ލިބޭ މިންވަރު 5000 ރުފިޔާއިން އުނި ކުރުމަށްފަހު ބާކީ އޮން މިންވަރެވެ.

އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، އެލަވަންސް ހޯދަން ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއްލިބޭ ފަރާތެއް ނަމަ އެފަދަ ފަރާތްތަކަށްވެސް ދޭނީ މަހެއްގެ މައްޗަށް ލިބޭ އާމްދަނީއަށް ޖެހޭވަރު 5000 ރުފިޔާއިން އުނިކުރުމަށްފަހު ބާކީ އޮންނަ މިންވަރެވެ.

އެލަވަންސް ދިނުމަށް ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެހެން އާމްދަނީއެއް ލިބޭ މީހުންގެ ތެރެއިން މަހެއްގެ މައްޗަށް 5,000ރ. ނުވަތަ އެއަށްވުރެމަތީ އަދަދެއް ލިބޭ މީހެއް ނަމަ، އެ ފަރާތަކީ، އެލަވަންސް އުސޫލުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތެއް ކަމަކަށް ނުބެލެވޭނެ ކަމަށްވެސް މި އުސޫލުގައި ވެއެވެ.

މި އުސޫލުގެ ދަށުން އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ކަނޑައަޅާފައިވާ ޝަރުތު ތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށް ވުމާއިއެކު ރާއްޖޭގައި ދިރިއުޅޭ ފަރާތަކަށް ވުމާއި، އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ ފަރާތަކަށްވުން ހިމެނެއެވެ. މީގެއިތުރުން 1 މާރިޗް 2020 އާއި ހަމައަށް ވަޒީފާގައި ހުރި ފަރާތަކަށް ވުމާއި އަދި ސަރުކާރުން ހިންގާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތެރެއިން ކަނޑައެޅޭ ޕްރޮގުރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަ ކުރުމަށް އެއްބަސްވުން ވެސް އެލަވަންސް ލިބޭ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މި އުސޫލުގެ ދަށުން ޝަރުޠު ފުރިހަމަވާ ފަރާތްތައް ކަނޑައަޅައި، ކަމާއިގުޅޭ އެނޫންވެސް ކަންކަން ނިންމާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަމަށް މި އުސޫލުގައި ބަޔާންކޮށްފައި ވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން