އިންފޮމޭޝަން ކޮމިޝަނަރ ހުސައިން ފިޔާޒް މޫސާ (ފޮޓޯ- ރާއްޖެ އެމްވީ)
އިންފޮމޭޝަން ކޮމިޝަނަރ ހުސައިން ފިޔާޒް މޫސާ (ފޮޓޯ- ރާއްޖެ އެމްވީ)
ވީ މީޑިއާ ހުއްޓާލަން ނިންމުމަކީ ދިވެހި ނޫސްވެރިކަމަށް ކޯވިޑް-19ގެ ގެއްލުން އޮތް މިންވަރު ހާމަކޮށްދޭ ކަމެއް ކަމުގައި އިންފޮމޭޝަން ކޮމިޝަނަރ ހުސައިން ފިޔާޒް މޫސާ ވިދާޅުވެއްޖެއެވެ.

ފިޔާޒް މިއަދު ވިދާޅުވީ، ކޯވިޑް-19 ގެ ސަބަބުން ނޫސްވެރިންނަށް އޮތް ނުރައްކާތެރިކަން ވަކި ކުޑަ ނޫން ކަމަށެވެ. އެގޮތުން ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބައެއް މީޑިއާތަކަށް ކުރިމަތި ވަމުންދާ ގެއްލުންތައް އޭނާ ފާހަގަކުރެއްވިއެވެ.

"ވީ މީޑިއާ ހުއްޓާލަން ނިންމުމަކީ ނޫސްވެރިކަމަށް ކޯވިޑް-19 ގެ ގެއްލުން އޮތް މިންވަރު ވަރަށް ބޮޑުކޮށް ހާމަވާ ކަމެއް. ދެން އޮތީ ކޮން ސްޓޭޝަނެއް ކަމެއް ނޭނގެ. ވަރަށް ހިތާމަވެރި." ފިޔާޒް ވިދާޅުވިއެވެ.

މީޑިއާ އަކީ ޑިމޮކްރަސީ އެއްގެ ހަތަރު ވަނަ ބާރުކަން ފާހަގަ ކުރަށްވައި، އެންމެ ފަހުން ރާއްޖެ ޓީވީގައި މަސައްކަތް ކުރެއްވި މަޝްހޫރު ނޫސްވެރިޔާ، ފިޔާޒް ވިދާޅުވީ، މަޢުލޫމާތު ފެތުރުމާއި، ހާމަކަން ބޮޑު ދަޢުލަތެއް ބިނާ ކުރުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރާ ފަރާތަކީ މީޑިއާ ކަމަށެވެ.

ކޯވިޑް-19 އާ ގުޅިގެން ވީ މީޑިއާގެ ޚިދުމަތް ހުއްޓާލަން ޖެހިދާނެ ކަމަށް ބުނެ އެ ޓީވީ ހިންގާ، އައިލެންޑް ބްރޮޑްކާސްޓިން ކޮމްޕެނީ އިން ވަނީ، އެ ކުންފުނީގައި ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުންނަށް އެކަން އެންގުމަށް ސަރކިއުލަރ އެއް ނެރެފައެވެ.

އެ ސަރކިއުލަރ ގައި، އެ ނިންމުމަކީ މިހާތަނަށް އެ ކުންފުނިން ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުންކަމަށް ބުނެފައިވެއެވެ. އަދި ކޯވިޑް-19ގެ ބަލިމަޑުކަމުން ސަލާމަތްވެ އަލުން ހުރިހާ މުވައްޒަފުންނާ ބައްދަލުވެ، އުފާވެރި މާޙައުލެއްގައި މަސައްކަތް ކުރެވޭނެގޮތް މެދުވެރިވުމަށް އެދޭ ކަމަށްވެސް އެ ސަރކިއުލަރގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން