މާލެ ލޮޮޮޮޮޮޮޮޮޮކްޑައުން ގެ ހާލަތަށް ގެނައިއިރު މާލެއަށް އެކި ބޭނުންތަކުގައި އައިސް ތިބި ގިނަ ބަޔަކު ވެސް ތިބީ ރަށަށް ނުދެވި ގޮތް ހުސްވެފައި
މާލެ ލޮޮޮޮޮޮޮޮޮޮކްޑައުން ގެ ހާލަތަށް ގެނައިއިރު މާލެއަށް އެކި ބޭނުންތަކުގައި އައިސް ތިބި ގިނަ ބަޔަކު ވެސް ތިބީ ރަށަށް ނުދެވި ގޮތް ހުސްވެފައި
މާލޭގައި ތާށިވެފައިތިބި ރަށްރަށުގެ ރައްޔިތުންނަށް ފަސޭހައިން ރަށަށް ދެވޭނެ ފުރުސަތު ހޯދައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރަށްތަކަށް ރޯގާ ފެތުރުމުގައި އޮންނަނީ އެންމެ ގޮތެއް ނޫން ކަމަށާއި، މާލޭގައި ތާށިވެފައި ރަށަށް ދާން ބޭނުންވެފައި 10،000 ވަރަކަށް މީހުން ތިބިއިރު އެމީހުންނަށް ފަސޭހައިން ރަށަށް ދެވޭނެ ގޮތް، އަވަސް އިންތިޒާމެއްގެ ތެރެއިން ހަމަޖެހިގެން ދާންޖެހޭ ކަމަށެވެ.

"ކީއްވެތޯ ރަށްރަށުގެ ރައްޔިތުން ކަރަންޓީނު ކުރުމަށް ނުގެންދަވަނީ. އެމީހުން ރަށަށް ދިއުމަށްޓަކައި ކަރަންޓީނު ކޮށްފައި އާއިލާތަކާއި ހަމައަށް ދެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތީ. އެއަށްވުރެ މާ ދަތި އިންތިޒާމެއް ހަމަޖައްސަމުން ތިޔަ ގެންދަވަނީ ކީއްވެގެންތޯ. އެއީ އަޅުގަނޑުމެން އެންމެން ސާފުކުރަން ޖެހޭ ކަމެއް." ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ކަރަންޓީނުގެ ކަންތައްވެސް ލާމަރުކަޒީ އުސޫލުން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އާންމު ސިއްހަތުގެ ގާނޫނުގެ ފަސްވަނަ މާއްދާގައި އެގޮތަށް ބަޔާންކޮށްފައި އޮންނަ ކަމަށާއި ނަމަވެސް އެ ގާނޫނުގައި ބުނެފައިވާ ލާމަރުކަޒީ އުސޫލުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކުރިއަށް ގެންދާނެ ގޮތުގެ އުސޫލެއް އަދިވެސް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެކުލަވާލާފައި ނުވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

"100 ޕަސެންޓްގެ މިންވަރަށް ރޯގާ ފެތުރުނަ ނުދިނުމަށް އަޅުގަނޑުމެން އަޒުމު ކަނޑައަޅައިފި ނަމަ ދެން ހަދާން ޖެހޭނެ ގޮތަކީ ދިވެހިރާއްޖޭގެ ފަސްލައްކަ ރައްޔިތުން ކުޑަގޮޅިއަށް ލާން ޖެހޭނީ. އަޅުގަނޑު ހިތުން އެއީ އަޅުގަނޑުމެން ދާން ބޭނުންވާ ހިސާބެއް ނޫން." ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ މުޅި މުސްތަގުބަލު ބަރުބާދުވެގެން ނުދާނެ ގޮތަކަށް ކޯވިޑް ރޯގާއިން ސަލާމަތްވުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ރަށްރަށުގައި ކަރަންޓީނު ކުރާނެގޮތް ހަމަޖައްސާފައި އެރަށްރަށުގެ މީހުންނަށް އެރަށްރަށުގައި ކަރަންޓީނު ވެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން