މާވަށު ދާއިރާގެ މެންބަރު މުހަންމަދު ސަޢީދު
މާވަށު ދާއިރާގެ މެންބަރު މުހަންމަދު ސަޢީދު
ސަރުކާރު މިހާރު ދަތުރު ކުރަމުން ދަނީ ދެމިގެންދާ އިޤްތިޞާދީ ހަލާކަކާއި ދިމާއަށް ކަމަށާއި ދެ ރިޔާސަތަކުން ގައުމެއް ނުހިންގޭނެ ކަމުގައި މާވަށު ދާއިރާގެ މެންބަރު މުހަންމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ގެންގުޅޭ ސިޔާސަތާއި މަޖިލީހުން ގެންގުޅޭ ސިޔާސަތުގައި ފުށުއެރުމެއް އުޅޭކަން ދޭހަވާފަދަ މޭރުމަކުން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރު ވަނީ ސިޔާސަތެއް އެކަށައެޅުމަށް ނުކުޅެދިފައި ކަމަށެވެ.

ކޯވިޑް-19ގެ އެހީތެރިކަމުގެ ބިލުގެ ނަމުގައި އިދިކޮޅު ޕީއެންސީގެ މެންބަރު މުހަންމަދު ސަޢީދު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ބިލު މަޖިލީހަށް ބަލައިނުގަނެ މަޖިލީހުން ބޭރުކޮށްލި މައްސަލައިގައި ހިތްހަމަޖެހިވަޑައި ނުގެން ސަރުކާރަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ސަޢީދު ވިދާޅުވެފައި ވަނީ އިސްލާހު ބަލައިގަނެ ތާޢީދުވެސް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ކޯވިޑް-19ގެ އެހީތެރިކަމުގެ ބިލުގެ ނަމުގައި ސަޢީދު މަޖިލީހަށް ހުށައެޅުއްވި ބިލު ބޭރުކޮށްލުމުން އިސްލާހުކުރެއްވުމަށްފަހު އަލުން ހުށައެޅުއްވި ބިލުވެސް މަޖިލީހުން މިއަދު ވަނީ ބަލައި ނުގަނެ ބޭރުކޮށްލާފައެވެ. މިކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ސަޢީދު ވިދާޅުވީ ބިލުގައި ހުރި އިސްލާހުތަކަށް ބައްލަވަންވާ ވަރަށް ނުބައްލަވާ ފާޑު ވިދާޅުވުމަކީ ވަރަށް ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.



ސައީދު ފުރަތަމަ އެ ބިލު ހުށަހެޅުއްވުމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މާލިއްޔަތާއި ގުޅޭ ބިލުތައް ހުށަހެޅޭނީ ހަމައެކަނި ސަރުކާރަށް ކަމަށެވެ. އެހެންކަމުން ބިލު އިސްލާހު ކުރުމަށްފަހު އަނެއްކާވެސް ހުށަހެޅުމަށް އެދިވަޑައިގެންނެވިއެވެ. މަޖިލީހުގެ ރައީސް ވިދާޅުވި ގޮތަށް އަލުން "ކޮށާ މަށާ ހެއުވަރުކޮށް ފެއްތުމަށްފަހު" އިއްޔެ ސައީދު ވަނީ އަލުން ބިލު ހުށަހަޅުއްވާފައެވެ.

ނަމަވެސް މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވެސް އެ ބިލު ބަަލައި ނުގަތް ސަބަބު ހާމަ ކުރައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ގަވާއިދުގައި އޮންނަ ގޮތުން އެފަދަ ބިލުތައް ހުށަހެޅުމުގެ ފުރުސަތު އޮންނަނީ ހަމައެކަނި ސަރުކާރަށް ކަމަށެވެ.

މިކަމާ ގުޅިގެން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެބިލުގައި ހިމެނޭނީ ނިކަމެތި އެތައް ރަތްޔިތެއްގެ ގޭކުލި، ބިން، ގެދޮރު، މަސްވެރީން، ދަނޑުވެރީން އަދި ވަޒީފާގެ ހައްޤުގެ ވާހަކަ ކަމަށެވެ.

"ކޯވިޑް-19 ގެ އެހީތެރިކަމުގެ ބިލް ގެ އިސްލާޙްތައް މަޖިލިސްގެ ރިޔާސަތުން ބައްލަވަންވާވަރަށް ނުބައްލަވާ ފާޑު ވިދާޅުވުމަކީ ހިތާމައެއް. އެބިލުގައި ހިމެނޭނީ ނިކަމެތި އެތައްރަތްޔިތެއްގެ ހައްޤު: ގޭކުލި، ބިން، ގެދޮރު، މަސްވެރީން، ދަނޑުވެރީން އަދި ވަޒީފާގެ ހައްޤު." ސަޢީދު ވިދާޅުވިއެވެ.

އަދި ބިލު ފުރަތަމަ ހުށައެޅުއްވުމުން، ޕާޓީތަކުގެ ޕީޖީ ލީޑަރުންނާއި މަޝްވަރާ ކުރައްވާނެ ވާހަކަ މަޖިލީހުގެ ރައީސް ވިދާޅުވެ އެކަން ނުކުރައްވާ ކަން ހާމަވާ ކަމަށްވެސް ސައީދު ވަނީ ވިދާޅުވެފައެވެ.

"އިސްލާހު ބަލައިގަނެ ތާއީދުވެސް ލިބޭނެ ކަމަށް އުއްމީދު ކުރަން، އިންޝާﷲ. އާޚިރުގައި ކާމިޔާބު ހޯދޭނީ ރައްޔިތުންނަށް." ސަޢިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


11

ޖޯބެ

14-May-2020

ސައިދު ބުންޏަސް ހެޔޮވާހަކަ އެއް ވާނީ ހެވަށް އަންނި ސަރުކާރަކާ އިބޫސަރުކާރަކަ ސާހިދު ސަރުކާ މިގައުމުގަ އޮތީ


15

ހަސަން

14-May-2020

ސައިދު އެކުރައްވަނީ ގައުމީ މަސައްކަތެއް


14

އަދުރޭ

14-May-2020

ފަހަކަށް އައިސް ފެންނަމުންދާ އެއްމެ ރަނގަޅު ސިޔާސަތެއް ހުރި މީހަކީ ސައީދު


-2

ރައްޔިތުން

14-May-2020

ސައީދޫ ކަލޭވެސް ތީ ހަމަ ވެރިކަމާހެދި މޮޔަވަނީ ރައްޔިތުން ގެފައިދާއަކައްނޫން ޔާމީނު ތަރައްޤީ ކުރީ ޑަބަލް ވައްކަންކޮއްފަ ލަލަލާ



ޓްރެންޑިން