ވެބްކޮންފަރެންސް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ
ވެބްކޮންފަރެންސް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ
އަމިއްލަ ފަރުދުންނަށާއި ސަރުކާރަށް ކުއްޔަށް ދޫކޮށްފައިވާ އެޕާޓްމަންޓްތަކުންނާއި ގެތަކުން ކުލި ކުޑަވާންޖެހޭކަމަށާއި، އެފަދަ ބަދަލެއް އަންނާނެގޮތްތަކަކަށް ލުއި ދިނުމަށް ސަރުކާރަށް ހުށައެޅުމަށް ކަނޑައަޅާފައިވާ އިޖުތިމާޢީ ކޮމިޓީގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ރިޕޯޓް ފާސްވީ ވޯޓުގައި ބައިވެރިވި 66 މެންބަރުންގެ ވޯޓުންނެވެ.

ކޯވިޑް-19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން އިޖްތިމާޢީ ކޮމިޓީގެ ދާއިރާގެ ތެރޭގައި ހިމެނޭ މަސައްކަތުގެ ތެރެއިން ހަތް ހުށައެޅުމެއް ސަރުކާރަށް ހުށަހެޅުމަށް ރިޕޯޓްގައި ހިމަނާފައިވެއެވެ.

އޭގެ ތެރޭގައި އަމިއްލަފަރުދުންނަށާއި ސަރުކާރަށް ކުއްޔަށް ދޫކޮށްފައިވާ އެޕާޓްމަންޓްތަކުންނާއި ގެތަކުން ކުލި ކުޑަވާންޖެހޭކަމަށާއި، އެފަދަ ބަދަލެއް އަންނާނެގޮތްތަކަކަށް ލުއި ދިނުމަށްވަނީ މި ރިޕޯޓްގައި ބަޔާންކޮށްފައެވެ. އަދި ފުރަބަންދުގައިވާ ޙާލަތުގައި އަދި ވަކިން ޚާއްސަކޮށް މުޖުތަމަޢުގައި ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައި ކުއްޔަށް ދިރިއުޅެމުންދާ ފަރާތްތަކުގެ ތެރެއިން ހާލުގައިޖެހި ކުލިދެއްކުމަށް ނުކުޅެދޭ ފަރާތްތައް މަގުމަތިވިޔަނުދިނުމަށްޓަކައި ސަރުކާރާއި ސިޓީ ކައުންސިލްތައް އަދި ރަށު ކައުންސިލްތައް މެދުވެރިކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ރިޕޯޓްގައި ހިމަނާފައިވެއެވެ.

މި ރިޕޯޓަށް ބަހުސްކުރެއްވި ބައެއް މެމްބަރުންވަނީ ކުލި ނުދެއްކޭ ޙާލަތުގައި ސަރުކާރުން އެފަދަ މީހުންނަށް އިނާޔަތެއް ދޭންވެސް ހުށަހަޅުއްވާފައެވެ. ކޮމިޓީގެ ރިޕޯޓްގައި ހިމަނުއްވާފައިވާ އެހެންކަންކަމުގެ ތެރޭގައި، މޮރިޓޯރިއަމް ޕެކޭޖް ދިނުމަށްފަހު، އެފަރާތްތަކުން ޢަމަލުކުރާގޮތް މާލެއާއި އަތޮޅުތެރޭގައިވާ ޖޮބް ސެންޓަރ މެދުވެރިކޮށް ބަލަމުންގެންދިއުމަށާއި، މޮރިޓޯރިއަމް ޕެކޭޖް އެއްފަހަރާ ދޫނުކުރުމަށްވެސް ސަރުކާރަށް ހުށައެޅުމަށް ވަނީ ނިންމާފައެވެ.

އިޖުތިމާޢީ ރިޕޯޓަށް އިދިކޮޅު ފަރާތްތަކުން ވެސް ވަނީ މުހިންމު ހުށައެޅުންތަކެއް ހުށައަޅާފައެވެ. އެގޮތުން ކޯވިޑް-19 އާއި ގުޅިގެން ކުއްލި ދެއްކުމަށް ދަތިވާ ފަރާތްތަކަށް އެލަވަންސެއް ދިނުމަށް ނައިފަރުދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ހުށައެޅުއްވި އެވެ. ނަމަވެސް އެ ހުށައެޅުން ފާސްނުވާތީ ރިޕޯޓް ފާސްވެގެން ދިޔައީ އެހުށައެޅުން ނުހިމަނައެވެ. މީގެއިތުރުން ރައީސް ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހަތް ހާސް ފްލެޓް އޭގެ ހައްގުވެރިންނަށް އަވަހަށް ދިނުމަށް ވެސް ޝިޔާމު ހުށައެޅުއްވިއެވެ. އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮންނަ މަޖިލީހުން ޝިޔާމުގެ މި ހުށައެޅުމަކަށް ވެސް ތާއީދެއް ނުލިބުނެވެ.

މިމައްސަލައިގައި މަޖިލީހުގެ ރައީސް ވިދާޅުވީ ކުއްދީފައިވާ ތަންތަނުގެ ކުލި ކުޑަ ކުރަން ހުށައަޅާފައި ނެތް ނަމަވެސް ކުލި ނުދެއްކޭ މީހުންނަށް ދައުލަތުން އެހީތެރިކަން ދިނުމަށް ކޮމިޓީން ހުށައަޅާފައި އެބައޮތް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން