ކޯވިޑް-19 އަށް ޓެސްޓްކުރާ މެޝިނެއް އޭޑީކޭ ހޮސްޕިޓަލުގައި ބަހައްޓައިފިއެވެ.
އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފައިވަނީ ޕީސީއާރު މެޝިނެއް ގެނެސް، މެޝިން އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. މި މެޝިނަކީ ސާސް، ކޮރޯނާ ވައިރަސް އަދި ކޯވިޑް-19 އަށް ޓެސްޓްކުރުވޭ މެޝިނެކެވެ. އޭޑީކޭ ހޮސްޕިޓަލުން ބުނެފައިވަނީ މި މެޝިނާއިއެކު ސަރުކާރުން ކޯވިޑަށް ޓެސްޓް ކުރުމަށް ކުރަމުންދާ މަސައްކަތަށް ބޮޑު ކުރިއެރުމެއްލިބި، ދުވާލަކު އެތައް ސަތޭކަ ޓެސްޓެއް ހެދުމަށް މަގުފަހިވާނެކަމަށެވެ.
ރާއްޖޭގައި މިވަގުތު ކޯވިޑަށް ޓެސްޓް ހެދެނީ އައިޖީއެމްއެޗުގައި ހުރި 3 ޕީސީއާރް މެޝިނާއި ފުލުހުންގެ ފޮރެންސިކް ލެބްގައި ހުރި މެޝިނެއް ބޭނުންކޮށްގެންނެވެ. މި މެޝިންތަކުން އެވްރެޖްކޮށް ދުވާލަކު ހެދެނީ 400-500 އާއި ދެމެދުގެ ޓެސްޓެވެ.
ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެވްރެޖްކޮށް ދުވާލަކު 1000 ޓެސްޓް ހެދޭވަރަށް ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުންވަނީ ފަށާފައެވެ. މި މަސައްކަތުގެދަށުން ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެތެރޭގައި ކޯވިޑް-19 އަށް ޓެސްޓް ހެދޭ އިތުރު މެޝިނެއް ރާއްޖެ ގެންނާނެކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުންވަނީ ބުނެފައެވެ.
އަދި އަތޮޅުތަކުގެ 5 ސަރަޙައްދެއްގައި ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށް އިތުރު މެޝިންތަކެއް ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް ސަރުކާރުންވަނީ ބުނެފައެވެ. މީގެ ސަބަބުން އަތޮޅުތަކުން ނަގާ ސާމްޕަލްތަކުގެ ނަތީޖާ ލިބުން އަވަސްވެ، މި ބައްޔަށް ޓެސްޓުކުރެވޭ މީހުންގެ އަދަދުވެސް އިތުރުވެގެންދާނެއެވެ.
މީގެއިތުރުން ޓީބީއަށް ޓެސްޓްހެދުމަށް އަތޮޅުތަކުގައި ބަހައްޓާފައިހުރި ޖީން އެކްސްޕަރޓް މެޝިންތައް ބޭނުންކޮށްގެން ކޯވިޑަށް ޓެސްޓް ހެދޭނެ ގޮތް ތަނަވަސް ކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. މި މެޝިންތަކުން ކޯވިޑަށް ޓެސްޓް ހެދުމަށް ބޭނުންކުރާ 25،000 ކާޓްރިޖް މިމަހުގެ ފަހުކޮޅު ރާއްޖެއަށް ލިބޭނެކަމަށް އެންއީއޯސީއިން ވަނީ ބުނެފައެވެ.
ރާއްޖޭގައި ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމަށް އިތުރު ޓެސްޓް ކިޓް ރާއްޖެއަށް ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު