ކެޕްޓަން ހަމްނާ މުޙައްމަދު
ކެޕްޓަން ހަމްނާ މުޙައްމަދު
ރާއްޖޭގައި ކޯވިޑް-19 އާއި ގުޅިގެން ހިންގާ ކަރަންޓީން ފެސިލިޓީގެ ކޮމާންޑަރެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ސިފައިންގެ އަންހެން ކޮމާންޑަރަކު ހަމަޖައްސައިފިއެވެ.

އެމްއެންޑީއެފުން ބުނީ ފުށިފަރު ކަރަންޓީން ފެސިލިޓީގެ ކޮމާންޑަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ކެޕްޓަން ހަމްނާ މުޙައްމަދު ކަމަށެވެ.

ޞީއްޙީ ގޮތުން ރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ މި ދަތި ދަނޑިވަޅުގައި ސިއްޙީ ޚިދުމަތްތެރިންނާއެކު އެންމެ ކުރީސަފުގައި ދިވެހި ސިފައިންވެސް ދަނީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، މުހިންމު ދައުރެއް އަދާކުރަމުންނެވެ.

ރާއްޖޭގައި ކޯވިޑް-19 ގައި މަރުވި 3 މީހުންގެ ތެރެއިން އަންހެން މީހާގެ ކަށުކަމާކެމީގެ ހުރިހާ ކަމެއްވެސް ފުރިހަމަކޮށްފައިވަނީ ސިފައިންގެ އަންހެން ކަނބަލުންނެވެ.

ކޯވިޑް-19ގައި ފަރުވާދެމުންދާ މީހުންނާއި، އައިސޮލޭޝަންގައި ތިބޭ މީހުންނަށް ބޭނުންވާ ތަކެތި ފޯރުކޮށް ދިނުމާއި، ތަން ބެލެހެއްޓުމުގެ ޒިންމާ އަދާކުރައްވަމުންދަނީވެސް ސަލާމަތީ ބާރުތަކުންނެވެ.

މާލެ ސަރަހައްދު ލޮކްޑައުންކުރުމުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ފޯރުކޮށް ދިނުމާއި، ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ކަންކަން ހަމަޖެއްސުމުގައިވެސް ސިފައިންދަނީ އިސްދައުރެއް އަދާކުރަމުންނެވެ.



ސިފައިންގެ ތެރެއިންވެސް ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވެ ބަލީގައި ފަރުވާ ހޯދަމުންދާއިރު، ދިވެހި ސިފައިން ޤައުމީ ޚިދުމަތަށް ނުކުމެ ތިބީ މި ނުރައްކަލާ ކުރިމަތިލަމުންވެސް ދިވެހި ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްކަމަށް ސިފައިންވަނީ ބުނެފައެވެ. އަދި ކޮންމެ ޚިދުމަތެއް ދިނުމުގައިވެސް ސިފައިން ހަރަކާތްތެރިވަނީ މިންތީގެ ހަމަހަމަ ކަމާއިއެކުގައިކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


16

ޒުލޭ

14-May-2020

އަންހެނިމް ވަރެއް ނެތޭ



ޓްރެންޑިން