ތ. ކަނޑޫދޫ އެސޯސިއޭޝަން ފޯރ ކަނޑޫދޫ ޑިވެލޮޕްމަންޓް، އޭކޭޑީ ގެ ފަރާތުން އެރަށުގެ ރައްޔިތުންނަށް ކާޑާއި، ކަދުރު ހަދިޔާކޮށްފިއެވެ.
"ރަސް އޮންލައިން"އަށް ދެއްވި އިންޓަރވިއު އެއްގައި އޭކޭޑީ ގެ ރައީސް އަޙްމަދު ޝަފީޤް ވިދާޅުވީ މީގެ ކުރިން އެ ޖަމިއްޔާއިން ކޮންމެ ރަމަޟާން މަހަކު އެރަށަށް ޙާފިޒަކު ގެންނަކަމަށާއި، ނަމަވެސް ކޯވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ޙާލަތުގެ ސަބަބުން މިއަހަރު އެކަން ކުރެވެން ނެތީކަމަށެވެ.
"ޙާލަތު މެދުވެރި ކޮށްފައި މިއޮތީ މުޅިން އެހެން ގޮތަކަށް. އެހެންވީމާ އަޅުގަނޑުމެން މިބެލީ މިވަގުތަށް ރައްޔިތުންނަށް އެންމެ ބޭނުންވާ ކަމެއް ކޮށްދިނުމަށް. އެގޮތުން އަޅުގަނޑުމެން މި ހަދިޔާކުރީ 80 ބަސްތާ ކާޑާއި، ހުރިހާ ގޭބިސީ އަކަށް ކަދުރު. އެއީ ބިދޭސީން ވެސް ހިމެނޭ ގޮތަށް." ޝަފީޤް ވިދާޅުވިއެވެ.
ޝަޕީޤް ވިދާޅުވީ އެ ރަށުގައި 75 ގޭބިސީ ހުންނައިރު ރަށުގައި މިވަގުތު 80 ބިދޭސީންނާއި، 450 އަށް ވުރެ ގިނަ ދިވެހިން ދިރިއުޅެމުން ގެންދާ ކަމަށެވެ. އާބާދީގައި 650 އަށް ވުރެ މީހުން ރަޖިސްޓްރީވެފައިވާ ތ. ކަނޑޫދޫ އަކީ މިރުސް ހެއްދުމުގައި މުޅިރާއްޖެއަށް މަޝްހޫރު ރަށެކެވެ.
ރަސް އޮންލައިނަށް ދެއްވި އިންޓަވިއުގައި ޝަފީޤް ވަނީ އެ ރަށުގެ ރައްޔިތުންނަށް އިލްތިމާސްއެއްވެސް ކުރައްވާފައެވެ.
"ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ހުރިހާ ބޭފުޅުންވެސް ބޯލަނބާ ކިޔަމަންތެރިކަމާއެކު ތިއްބެވުމަކީ މި ދަތިކަމުން އަޅުގަނޑުމެންނަށް އެންމެ ފަސޭހައިން އަރައިގަނެވޭނެ ގޮތަކީ. ﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މިކަމުން ސަލާމަތް ވެވޭނެ. މިހާރުވެސް ރައްޔިތުން ދައްކަވާ ނަމޫނާއާމެދު ވަރަށް ހިތްހަމަޖެހޭ." ޝަފީޤް ވިދާޅުވިއެވެ.
ޝަފީޤް ވަނީ ކުރިއަށް އޮތް ތަނުގައިވެސް އޭކޭޑީގެ ފަރާތުން ކަނޑޫދޫގެ ރައްޔިތުންނަށް ބޭނުންވާ އެކި އެކި ކަންތައްތައް ފަހިކޮށްފިނުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު