ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 51 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ރޭގެ ޕްރެސްއިން ފެށިގެން މިރޭގެ ޕްރެސް ފެށުމާއި ހަމައަށް 51 މީހަކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެ މީހުންނާއެކު މިހާރު ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 955 އަށް އަރާފައެވެ. އަދި މި ވަގުތު މި ބައްޔަށް ފަރުވާ ދެމުން ގެންދަނީ 910 މީހަކަށެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ މޫސާ މުރާދު ވިދާޅުވީ ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހަތަރު މީހަކަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.

ކޯވިޑް-19 ޖެހިގެން ރާއްޖޭގައި މިހާތަނަށް ތިން މީހަކު ވަނީ މަރުވެފަ އެވެ. އެއީ ދެ ދިވެހިންނާއި ބިދޭސީއެކެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން ފުރަތަމަ މަރުވީ 83 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ފަހުން މަރުވެފައިވަނީ ސިފައިންގޭގައި މަސައްކަތް ކުރަމުން އައި ބަންގްލަދޭޝް މީހެކެވެ. މަރުވި ތިން ވަނަ މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި ވަގުތު ކަރަންޓީން ފެސިލިޓީގައި 1403 މީހުން އެބަތިއްބެވެ. އަދި 909 މީހަކު އައިސޮލޭޝަންގައި އެބަތިއްބެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން