މަބްރޫކް އަޒީޒް
މަބްރޫކް އަޒީޒް
ކޯވިޑް-19 އަށް ޕޮޒިޓިވް ވި ހަތް މީހަކު ފިލި ކަމަށާއި އޭގެ ތެރެއިން ތިން މީހަކު އަދިވެސް ނުފެންނަކަމަށް އެޗްޕީއޭއިން މިރޭ ބުނެފިއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުހައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ސާމްޕަލް ނެގުމަށް ފަހު ބަޔަކު ޕޮޒިޓިވްވީ ފަހުން ހަތް މީހަކު ފިލާފައިވާ ކަމަށެވެ.

“އޭގެ ތެރޭގައި ހިމެނެނީ ސައިޓްތަކުން ނެގި ސާމްޕަލްތަކުގެ ތެރޭގައި ހިމެނޭ ހަތަރު މީހަކާއި އެހެން ތިން މީހަކު. އެ މީހުން ފިލުމާ ގުޅިގެން އެޗްޕީއޭ އިން ޕޮލިހަށް އެންގި. އެ މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ ހޯދައިފައި. އަދިވެސް ތިން މީހަކު ނުފެނޭ.” މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ބިދޭސީންތަކެއް ގެއްލުނުތާ ހަފުތާއެއް ވެއްޖެ ކަމަށެވެ.

އެޗްޕީއޭ އިން ފުލުހުންނަށް އެކަން އެންގުމާ އެކު މިހާތަނަށް ހަތަރު މީހަކު ހޯދާފައިވާ ކަމަށާއި އަދި ތިން މީހަކު ނުފެންނަ ކަމަށް ފުލުހުންނާއި ހަވާލާދީ މަބްރޫކް ވިދާޅުވިއެވެ.

މިފަދަ މައްސަލަތަކުގައި އަމަލު ކުރާ ގޮތަކީ އެފަދަ ކަމެއް ދިމާވުމުން އެމީހުން ހޯދަން އެޗްޕީއޭގެ ފަރާތުން ފުލުހުންނަށް އެ މައުލޫމާތުތައް ދީގެން އެމީހުން ހޯދަން މަސައްކަތް ކުރަނީ ކަމުގައި މަބްރޫކް ވިދާޅުވިއެވެ. އަދި ފުލުހުންނަށް ވެސް އެމީހުން ނުފެނިއްޖެ ނަމަ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެބައެއްގެ ޒާތީ މައުލޫމާތު ހާމަ ކުރެވޭނެ ކަމުގައި މަބްރޫކް ވިދާޅުވިއެވެ.

ނަމަވެސް ބައްޔަށް ޕޮޒިޓިވް ވެފައިވާ ބަޔަކު ފިލައިގެން އުޅޭތާ ހަފުތާއެއްވެގެން ދިޔައިރުވެސް ޑިރެކްޓަރ ޖެނެރަލް އެފަދަ ފިޔަވަޅެއް އަޅުއްވާފައެއް ނުވެއެވެ.

ދާދިފަހުން އައްޑޫ ސިޓީ ހެރެތެރެ ކަރަންޓީން ފެސިލިޓީއަކުން ފަސް ދިވެއްސަކު ވެސް ވަނީ ފިލާފައެވެ. ނަމަވެސް ފަހުން ފުލުހުން ވަނީ އެމީހުން ހޯދާފައެވެ. އަދި އެމީހުންގެ ބަންދުގެ މުއްދަތުވެސް ވަނީ އިތުރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


10

ތިމަންނަ

14-May-2020

މިރާއްޖެ ބަލިން ސަލާމަތްވާން އޮތް ގޮތަކީ ބަންގާޅީންނާއި ނަޝީދު މިރާއްޖޭން ބޭރުކުރުން


-1

މޮހޮދޭ

14-May-2020

ބަޔަކު އިހުމާލުވެއްޖެ ބަލިފަތުރަމުން ބަންގާޅިން ދުވި އިރު ރައްޔަތުން ނަށް އަންގާލަން ނުކެރުނު


2

ހަސަން

14-May-2020

މެޑަމް ގެ ވާހަކަ އަށް ވަރަށް ތާއީދު ބަނގާޅީން ގެ ވަބާ މާ ބޮޑު ބައްޔަށް ވުރެން


12

ޖުހާ

14-May-2020

މީ މުސީބާތެއް. ޗޭނުޖަހަން ވީނު ޗޭނު.


4

ބަދުރު

14-May-2020

ޢަނެެއް ކަންތަށް 🤦‍♂️


10

ޙަސީނާ

14-May-2020

ސަރުކާރުން ޒިންމާ ވާން ޖެހޭނެ. ޢެހެން ފިލިގެން ނުވާނެ


-3

ާއަހުމަދު

14-May-2020

ޙުރިހާ ބަންގާޅީން ގައުމަށް އަބުރާ ފޮނުވާލަން ވީ.


10

ކަލޯ

14-May-2020

މަބްރޫކްވެސް ފީކަޅާ ވާހަކަ ނުދައްކާ.. ހަފުތާއެއް ވީއިރު ބަންގާޅީން ބޭފުޅުން ނުހޯދުނުތާ


8

މެޑާމް

14-May-2020

މިއީ ދެން ކިހާ ބޮޑުވެއްޖެ ބލއެއް. ޕޮޒިޓިވްވި ބޭފުޅުން ފިލައިގެން ހަފުތާއެއްވެ އެތައް ބަޔަކަށް ބަލި ޖައްސަމުން ދުވާއިރު ވެސް ތިޔަވިދާޅުވާ ޑޖ އަކަށް އެބޭޅުންގެ މައުލޫމާތު އާންމު ކުރައްވާކަށް ކެރިވަޑައެއް ނުގަތްތަ.. ދެން ކޮން ކޯވިޑެއް ކޮންޓްރޯލްވާނީ.. ބަންގާޅު ބޭފުޅުންގެ ދފއ ދޭތެރޭގަ މުޅި ގައުމު ފިތިފަ.



ޓްރެންޑިން