ކޯވިޑް-19 އަށް ޕޮޒިޓިވްވި 88 އަހަރުގެ ދިވެއްސަކު ނިޔާވެ، ރާއްޖޭން ބަލީގައި ނިޔާވި މީހުންގެ އަދަދު ހަތަރަކަށް އަރައިފިއެވެ.
މިރޭ ނިޔާވީ މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަބްދުﷲ އެވެ. އޭނާ އަކީ އެމްއެޗްއޭ ގެ ވެރިޔާ އެވެ.
އޭނާ ނިޔާވެފައިވަނީ މިރޭ 11:15 ހާއިރުކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވެއެވެ.
ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް (ނ.ކ.ޝ.އ) ދިވެހި ދައުލަތުން 2011 ގައި އަރުވާފައިވާ ހުސައިން އަބްދުﷲ ބައްޔަށް ޕޮޒިޓިވްވެފައިވަނީ ހުސްވި މެއި މަހުގެ 30 ވަނަ ދުވަހުއެވެ. އޭނާ ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކުރާ ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ އެމްއެޗްއޭގެ އިސްވެރިޔާ ހުސައިން އަބްދުﷲގެ އަނބިކަނބަލުން އާމިނަތު އާދަމް 83، ވެސް ނިޔާވީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެގެންނެވެ.
ށ. މަރޮއްޓަށް އުފަން ހުސައިން އަބްދުﷲ ވަނީ އެ ރަށުގެ ކަތީބުކަން ކުރައްވާފައެވެ. ސަރުކާރުން ވަނީ ޖަމާއަތަށް ފައިދާ ހުރި ޚާއްސަ ޚިދްމަތް ކުރެއްވުމުގެ ރޮނގުން 1992 ގައި ހުސައިން އަބްދުﷲ އަށް އާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމުވެސް އަރުވާފައެވެ. އޭގެ 13 އަހަރު ފަހުން، 2005 ވަނަ އަހަރު އެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު ވެސް އޭނާ އަށް ސަރުކާރުން އެރުވިއެވެ.
ރާއްޖެއިން ކޯވިޑް-19 ޖެހިގެން މިހާތަނަށް މަރުވެފައިވަނީ ދިވެހި 2 ފިރިހެނުންނާއި، ދިވެހި އަންހެނެއްގެ އިތުރުން ބަނގްލަދޭޝްގެ ފިރިހެނެކެވެ.
ރާއްޖޭގައި މިހާތަނަށް 955 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރެއިން ޓްރީޓޮޕް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ ހާލު ސީރިއަސް ނުވަތަ އައިސީޔޫގައި ފަރުވާދޭންޖެހޭ މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު