މާލެ ލޮޮޮޮޮޮޮޮޮޮޮކްޑައުންގައި- ފުލުހުންދަނީ ގަވާއިދާ ޚިލާފުވާ މީހުންނާމެދު ފިޔަވަޅު އަޅަމުން (ރަސް ފޮޓޯ- ޝާހް)
މާލެ ލޮޮޮޮޮޮޮޮޮޮޮކްޑައުންގައި- ފުލުހުންދަނީ ގަވާއިދާ ޚިލާފުވާ މީހުންނާމެދު ފިޔަވަޅު އަޅަމުން (ރަސް ފޮޓޯ- ޝާހް)
ގްރޭޓާ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ވިލިމާލެ، ހުޅުމާލެ،އަދި ގުޅީފަޅުގައި އިއުލާނު ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރުކޮށްފި އެވެ.

މުއްދަތު އިތުރު ކޮށްފައިވަނީ އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރަށް ލިބިގެންވާ ބާރުގެ ދަށުންނެވެ.

މާލެއިން ކޯވިޑް-19 ގެ ކޭސްއެއް ފެނުމާއި ގުޅިގެން އެންމެ ފުރަތަމަ މާލެ ލޮކްޑައުން ކޮށްފައިވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން ދެވަނަ ފަހަރަށް ލޮކްޑައުންގެ މުއްދަތު އިތުރު ކޮށްފައިވަނީ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ.

އެއާއެކު މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި، އާންމު ތަންތަނަށް އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ. ލޮކްޑައުންގެ ހާލަތުގައި ބޭރަށް ނުކުމެ އުޅެވެނީ ފުލުހުންނާއި، ސިފައިންނާއި، ސިއްހީ ހިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނާއި އެ ތަންތަނުގެ އުޅަނދު ދުއްވާ ފަރާތްތަކަށެވެ.

އޭގެ އިތުރުން މިހާލަތުގައި ބޭރަން ނުކުމެ އުޅެވެނީ ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ފާސް ލިބިފައިވާ ފަރާތްތަކާއި އެންއޯއީސީގެ ފާސް ލިބިފައިވާ މީޑިޔާގެ ފަރާތްތަކަށެވެ.

ނަމަވެސް މާލޭގެ މަގުމަތީގައި އެއްވެސް ހުއްދައެއް ނެތި އުޅޭ މީހުންގެ ތެރެއިން ގިނަ ބަޔަކު ފުލުހުން ވަނީ ފާއިތުވި ދުވަސްތަކުގައިވެސް ޖޫރިމަނާ ކޮށްފަ އެވެ. އަދި ކާބޯތަކެތި ގަތުމަށާއި، ޒަރޫރީ ބޭނުން ތަކުގައި ބޭރަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް ފުލުހުން ދަނީ ފާސް ދޫކުރަމުންނެވެ. ފާސް ދޫކުރަމުން ދަނީ ކޮންމެ ގެއަކުން ކޮންމެވެސް އެކަކަށް އެއް ގަޑިއިރަށެވެ.

މާލެ ސަރަޙައްދު ލޮކްޑައުން ކުރި ނަމަވެސް، އަތޮޅު ތެރޭގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ޒަރޫރީ ބޭނުމެއްގައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ކައުންސިލްގެ ހުއްދައަކާއެކު އެއްރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އަންގާރަ ދުވަހު ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ޖާބިރުބެ

15-May-2020

އަސްލު ބޭކާރު ކަމެއް ދުނިޔެ އުމުރަށް ކިހިނެއް ބަންދު ކޮށްގެން އުޅެވޭނީ މަމެން ބަނޑަށް ޖައްސަންތަ ތިޔަ އުޅުއްވަނީ


13

ާަޢަހުމަދު

14-May-2020

ޢަދި އިއޮތީ ސާދަ ޖެހުން


24

ަހިޔަޅު

14-May-2020

14 މަދު އަސްލު



ޓްރެންޑިން