ރާއްޖޭގެ ރިީީީީީިިިީީތި ރިސޯޓެއް- ކޯވިޑް-19ގެ ސަބަބުން ފަތުރުވެރިކަން މުޅިން ހުއްޓިފައިވާއިރު މިފަދަ ގިނަ ރިސޯޓުތަކެއް މިހާރު ދަނީ ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރަމުން
ރާއްޖޭގެ ރިީީީީީިިިީީތި ރިސޯޓެއް- ކޯވިޑް-19ގެ ސަބަބުން ފަތުރުވެރިކަން މުޅިން ހުއްޓިފައިވާއިރު މިފަދަ ގިނަ ރިސޯޓުތަކެއް މިހާރު ދަނީ ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރަމުން
ރަށްރަށަށް ދާ މީހުން ކަރަންޓީނު ކުރަން އިތުރު ތިން ރިސޯޓެއް ކަރަންޓީން ފެސިލިޓީގެ ގޮތުގައި ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޮކްޑައުންއާ ގުޅިގެން ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި ރައްޔިތުން ކަރަންޓީނު ކުރަން އިތުރު ތިން ރިސޯޓު ހަމަޖެހިފައިވާ ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މާލެއިން ރަށްރަށަށްދާ މީހުން ކަރަންޓީން ކުރުމަށް ހަމަޖައްސާފައިވަނީ ހދ. ހޮނޑާފުށި، ފ. ފިލިތެޔޮ އަދި މ. މެދުފުށި ރިސޯޓެވެ.

"އަތޮޅު ތެރެއަށް ބަލި ފެތުރުން ކުޑަ ކުރުމަށް އުނދަގުލަސް، މިއީ ނުހަނު ބޭނުންތެރިކަމެއް. ކެތްތެރިކަމާ އެކު ހިތްވަރުގަދަ ކުރައްވާ." މިނިސްޓަރު ވިދާޅުވި އެވެ.

މި ތިން ރިސޯޓުގެ އިތުރުން މިހާރު ވެސް އިތުރު ހަތަރު ރިސޯޓެއް އާންމު ރައްޔިތުން ކަރަންޓީނު ކުރަން ބޭނުންކުރަމުންދާ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ. އެއީ އައްޑޫ ހެރެތެރެ، ދ. އިރުވެލި، ޅ. ފުށިފަރު އަދި ރ. ފުރަވެރި އެވެ.

ކުރުމުއްދަތަކަށް މާލެ އައިސް، ލޮކްޑައުންއާ ގުޅިގެން ރަށަށް ނުދެވި ތާށިވެފައި ތިބި މީހުންނަށް ރަށަށް ދެވޭނެ ގޮތްތަކެއް މިފަހުން ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މާލެއިން ރަށަށް އަނބުރާ ދިއުމަށް ޓަކައި 350 މީހަކު މިހާރު ތިބީ ޓްރާންސިޓް ކަރަންޓީނު ފެސިލިޓީތަކުގައި ކަމަށެވެ. މާލެއިން ރަށްރަށަށް ދިއުމަށް 5000 މީހުން ނަންނޯޓު ކޮށްފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މާލެއިން ރަށަރަށް ދިއުމަށް ބޭނުންވެގެން ނަންނޯޓްކޮށްފައިވާ މީހުންގެ ތެރޭގައި މާލެއަށް ދިރިއުޅުން ބަދަލުކޮށްގެން ދިރިއުޅެމުންދާ ގިނަ އަދަދެއްގެ މީހުން ހިމެނޭ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ޙަބީ

15-May-2020

ތ .އަތޮޅު ރައްޔިތުންނައް ރެސޯރޓް ހަމަޖައްސާ ދީބަލަ އަލީވަހީދޫ... މާލިފުށި ކިހާވަރަކަށް ކިޔަންވީ...



ޓްރެންޑިން