އައްޑޫޫސިޓީ ގެއެއްގެ ތެރޭގައި ފެންބޮޑުވެފައި- އައްޑޫސިޓީއަށް ކުރަމުންދާ ވިއްސާރައިގައި އެސިޓީގެ ގުޅިފައިވާ ރަށްތަކުގެ ބޮޑުބައެއްގައި ވަނީ ފެންބޮޑުވެފައި
އައްޑޫޫސިޓީ ގެއެއްގެ ތެރޭގައި ފެންބޮޑުވެފައި- އައްޑޫސިޓީއަށް ކުރަމުންދާ ވިއްސާރައިގައި އެސިޓީގެ ގުޅިފައިވާ ރަށްތަކުގެ ބޮޑުބައެއްގައި ވަނީ ފެންބޮޑުވެފައި
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑު ބައެއް ގެތަކަށް ފެންވަދެއްޖެއެވެ.

އައްޑޫ ސިޓީން ރަސް އޮންލައިނަށް މަޢުލޫމާތު ދެއްވި ގޮތުގައި ވިއްސާރައިގެ ސަބަބުން އެ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި މިއަދު ފެންބޮޑުވެފައިވާކަމަށެވެ. އަދި މިހާރުވެސް ހުއްޓާނުލާ ވާރޭވެހެމުން ދާކަމަށާއި މަގުތަކުގައި ފެން ހެދި ގިނަ އަދަދެއްގެ ގެތަކަށް ފެންވަދެފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެ ސިޓީއަށް ބޯކޮށް ވާރޭ ވެހެން ފެށީ ރޭ ދަންވަރު 12:00 ގެ ފަހުން ކަމަށާއި އޭގެފަހުން ދޭތެރެއަކުން ވާރޭ ތުނި ކޮށްލި ނަމަވެސް އަދިވެސް ހުއްޓުމެއްނެތި ވާރޭ ވެހެމުން އަންނަ ކަމަށް މަޢުލޫމާތު ލިބެއެވެ.



ފެންބޮޑުވުމުގެ ސަބަބުން ވަރަށް ގިނަ ގޭގެއަށް ފެންވަދެ ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށާއި، މިހާރު ޕަމްޕް ބޭނުންކޮށްގެން ފެންހިންދައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އައްޑޫ ސިޓީން މި ނޫހަށް މަޢުލޫމާތު ދެއްވި ފަރާތުން ބުނެފައިވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ލ އަތޮޅާއި އައްޑޫ ސިޓީއާއި ދެމެދަށް ވަނީ މިއަދު ހެނދުނު 10:00 އާއި މެންދުރު 02:00 ޖެހުމާ ހަމަޔަށް ޔެލޯ އެލަރޓް ނެރެފައެވެ. އަދި މި އަތޮޅު ތަކުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރެވެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާ ކުރައްވައެވެ.



މުޅި ރާއްޖެއަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ދެކުނުގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެއެވެ. އަދި ބޯކޮށް ވާރޭވެހި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މައުލޫމާތުދެއެވެ. އަދި މެދުރާއްޖެތެރެއާއި އުތުރުގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.



ދެކުނުގެ އަތޮޅުތަކުގައި ކަނޑުތައް ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވެއެވެ. އެހެންކަމުން ކަނޑު ދަތުރު ކުރާ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ބަލައިގެން ދަތުރުކުރުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.












ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން