ސިނަމާލެ ބްރިޖް- ބްރިޖާއިއެކު ހުޅުމާލެއާއި މާލޭގެ ދަތުރުފަތުރުގެ ވިއުގަ ގުޅި، އެތައް ގޮތަކުން ވަނީ ލުއިފަސޭހަކަން ލިބިފައި (ރަސް ފޮޓޯ- ޝާހް)
ސިނަމާލެ ބްރިޖް- ބްރިޖާއިއެކު ހުޅުމާލެއާއި މާލޭގެ ދަތުރުފަތުރުގެ ވިއުގަ ގުޅި، އެތައް ގޮތަކުން ވަނީ ލުއިފަސޭހަކަން ލިބިފައި (ރަސް ފޮޓޯ- ޝާހް)
މާލޭގެ ލޮކްޑައުންގެ މުއްދަތު އިތުރުކުރުމާއެކު ދަންވަރުގެ ވަގުތު ސިނަމާލެ ބްރިޖް ހުރަސް ނުކުރެވޭގޮތަށް ހަމަޖައްސައިފިއެވެ.

ފުލުހުން ބުނީ، މިރޭ 1:00 އިން ފެށިގެން ކުރިއަށް އޮތް ދެ ހަފްތާގެ ކޮންމެދުވަހަކު ދަންވަރު 1:00 އިން ހެނދުނު 9:00 އަށް ޢާއްމުންނަށް ބްރިޖް ހުރަސް ނުކުރެވޭނެ ކަމަށެވެ. އަދި ބްރިޖް ހުރަސް ކުރެވޭނީ، ކޮންމެހެން ކުރަން ޖެހޭ އާއްމު ޒަރޫރީ ދަތުރުތަކަށާއި ސެކިއުރިޓީ ސަރވިސްއަށް އެކަނި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މިހާރުވެސް ގެންދަނީ މާލެ ސިޓީގައި ހުއްދަނެތި ބޭރުގައި އުޅޭ ފަރާތްތައް ޖޫރިމަނާކޮށް މީހުން ހައްޔަރުވެސް ކުރަމުންނެވެ. މިގޮތުން އިއްޔެ އެކަނިވެސް 10 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މިހާތަނަށް 114 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. މީގެ އިތުރުން 207 މީހަކު ވަނީ ހައްޔަރުވެސް ކޮށްފައެވެ.

މާލޭގެ ލޮކްޑައުންގައި ޒަރޫރީ ބޭނުމަށްޓަކައި ކޮންމެ ތިން ދުވަހަކުން އެއްދުވަހު ގޭބިސީއަކުން އެކަކަށް ބޭރަށް ނުކުމެވޭގޮތަށް ފުލުހުން ވަނީ ހަމަޖައްސާފައެވެ. އެހެންނަމަވެސް އެފަދަ ބޭނުމަކަށްވެސް ބޭރަށް ނުކުމެވޭނީ ފުލުހުންގެ ޚާއްސަ ހުއްދައެއް ލިބިގެންނެވެ. މީގެ އިތުރުން ވިޔަފާރި ކުރުމާއި ޑެލިވަރީގެ ޚިދުމަތްވެސް ފޯރުކޮށްދިނުމަށް ވަކި ހުއްދައެއް ހޯދަންޖެހެއެވެ.

ކޯވިޑް-19 ގެ ފުރަތަމަކޭސް މިދިޔަ މަހުގެ 15ވަނަ ދުވަހު މާލެއިން ފެނުމާއެކު ފުރަތަމަ 2 ދުވަހު 24 ގަޑިއިރަށް މާލެ ފުރަބަންދު ކުރިއެެވެ. އަދި އެއަށްފަހު މުޅި މާކެސިޓީ ލޮކްޑައުންކޮށް ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. އެހެން ނަމަވެސް އަދިވެސް ބަލި ކޮންޓްރޯލް ނުވާތީ އިތުރު 14 ދުވަހުގެ މުއްދަތަށް މާލެ ވަނީ ފުރަބަންދު އިތުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން