އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތަޙްޤީޤު އިތުރަށް ވަރުގަދަކޮށް ތަޚްޤީޤު ހިންގުމުގައި އިތުރު ވަސީލަތްތައް ބޭނުންކުރުމަށް ނިންމާފައިވާ ކަމުގައި ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
އެމްމެމްޕީއާރުސީގެ ކޮރަޕްޝަން ތަހުޤީޤު ކުރުމަށް އެކުލަވާލާފައިވާ ޖޮއިންޓް އިންވެސްޓިގޭޝަން ސްޕަވައިޒަރީ ގްރޫޕާއެކު ބޭއްވި ވާޗުއަލް ބައްދަލުވުމަށްފަހު ކޮމިޝަަނަރާ އޮފް ޕޮލިސް މުޙައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ ވަރަށް ކާމިޔާބު ބައްދަލުވުމެއްކަމަށެވެ. މިބައްދަލުވުމުގައި އެމްއެމްއެމްޕީއާރުސީގެ ތަހުގީގު ވަރުގަދަ ކުރަން އިތުރު ވަސީލަތްތައް ބޭނުން ކުރުމަށް މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ބުނެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުން ބުނެފައި ވާއިރު، ޕީޖީ ވިދާޅުވީ ގިނަ ބަޔަކާއިމެދު ކުރެވޭ މިތުހުމަތާއި ގުޅިގެން ވަކި ބަޔަކަށް ޓާގެޓްކޮށްގެން ދަޢުވާކުރުންވެސް އެންމެ ރަނގަޅުކަމަކަށް ނުވާނެކަމަށެވެ. އެހެން ނަމަވެސް މިމައްސަލާގައި ތުހުމަތުކޮށްފައިވާ މީހުންގެ ތެރެއިން އޭރުވެސް އަދި މިހާރުވެސް ދައުލަތުގެ އެކި މަޤާމުތަކުގައި ތިބި މީހުންގެ މައްސަލަތައް ވީއެންމެ އަވަހަކަށް ކޮޅެއްގައި ޖައްސައި އެކަން ނިންމަން ޖެހޭކަމަށް ޕީޖީ ޝަމީމް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް އުފައްދާފައިވާ ކުންފުނީގެ ތެރޭގައި ހިނގާފައިވާ މި ޚިޔާނާތަކީ މިފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ޚިޔާނާތެވެ. މީގެ ކުރިން މިފަދަ ބޮޑު ޚިޔާނާތެއް ފެންމަތިވެފައިވަނީ ރައީސް މައުމޫންގެ ސަރުކާރުގައި އޭރުގެ މަސްކުންފުނި، އެފްޕީއައިޑީގެ ތެރެއިންނެވެ. ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭތީ އެފަހަރުވެސް ޚިޔާނާތުގެ އެންމެ ފުންމިނަށް ތަހުގީގެއް ހިންގިފައެއް ނުވެއެވެ.

One productive thing during this #COVID19 pandemic is the ease of access to virtual meeting platforms. Just completed a good meeting of MMPRC Corruption’s Joint Investigation Supervisory Group. Decisions made to line up more resources and adopt a more aggressive approach.
— Mohamed Hameed (@M_Hameedh) May 14, 2020
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުން ބުނެފައި ވާއިރު، ޕީޖީ ވިދާޅުވީ ގިނަ ބަޔަކާއިމެދު ކުރެވޭ މިތުހުމަތާއި ގުޅިގެން ވަކި ބަޔަކަށް ޓާގެޓްކޮށްގެން ދަޢުވާކުރުންވެސް އެންމެ ރަނގަޅުކަމަކަށް ނުވާނެކަމަށެވެ. އެހެން ނަމަވެސް މިމައްސަލާގައި ތުހުމަތުކޮށްފައިވާ މީހުންގެ ތެރެއިން އޭރުވެސް އަދި މިހާރުވެސް ދައުލަތުގެ އެކި މަޤާމުތަކުގައި ތިބި މީހުންގެ މައްސަލަތައް ވީއެންމެ އަވަހަކަށް ކޮޅެއްގައި ޖައްސައި އެކަން ނިންމަން ޖެހޭކަމަށް ޕީޖީ ޝަމީމް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް އުފައްދާފައިވާ ކުންފުނީގެ ތެރޭގައި ހިނގާފައިވާ މި ޚިޔާނާތަކީ މިފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ޚިޔާނާތެވެ. މީގެ ކުރިން މިފަދަ ބޮޑު ޚިޔާނާތެއް ފެންމަތިވެފައިވަނީ ރައީސް މައުމޫންގެ ސަރުކާރުގައި އޭރުގެ މަސްކުންފުނި، އެފްޕީއައިޑީގެ ތެރެއިންނެވެ. ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭތީ އެފަހަރުވެސް ޚިޔާނާތުގެ އެންމެ ފުންމިނަށް ތަހުގީގެއް ހިންގިފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު