ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބައެއް ބާވަތްތަކުގެ ޝިޕްމަންޓެއް ބެންކޮކުން ރާއްޖެއަށް ގެނެސްފިއެވެ.
މޯލްޑިވިއަނުން ބުނީ، 11,317 ކިލޯގެ މުދަލާއެކު ތައިލެންޑްގެ ބެންކޮކުން އައި އެކުންފުނީގެ ކާގޯފްރައިޓަރ މިރޭ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައިވާކަމަށެވެ.
ކޯވިޑް-19 ފެތުރެން ފެށި ފަހުން އެއަރލައިންތަކުގެ ދަތުރުތައް ހުއްޓާލާފައި އޮތުމުން ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ދަނީ ރާއްޖެއަށް ބޭނުންވާ ގިނަ އަދަދެއްގެ މުދާ އެތެރެކުރަމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އިއްޔެވެސް 20310 ކިލޯގެ ޕެރިޝަބަލް ކާބޯތަކެތި ވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި ރާއްޖެ ގެނެސްފައެވެ. މިއީ މޯލްޑިވިއަނުން މިހާ ބައިވަރު މުދާ އެއްފަހަރާ ގެނައި ފުރަތަމަ ފަހަރެވެ،
އިއްޔެގެ 2 ވަނަ ޝިޕްމަންޓް އައިސްފައިވަނީ އިންޑިއާގެ ޗެންނާއިންނެވެ. މޯލްޑިވިއަނުން ވަނީ ޗެންނާއީން 6662 ކިލޯގެ މުދާ ގެނެސްފައެވެ.
ރާއްޖެއަށް ބޭނުންވާ އަސާސީ އަދި ޒަރޫރީ މުދާ ގެނައުމުގައި ވައިގެ މަގުން މޯލްޑިވިއަން ހަރަކާތްތެރިވާއިރު، އެސްޓީއޯއިން ދަނީ ކަނޑުމަގުން މުދާ އެތެރެކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު