ޑރ. އަަފްޒަލް، މީޑިއާއަށް މައުލޫމާތު ދެއްވަނީ
ޑރ. އަަފްޒަލް، މީޑިއާއަށް މައުލޫމާތު ދެއްވަނީ
ކޯވިޑް-19 ޖެހިފައިވާ އިތުރު 6 މީހަކު ބަލިން ރަނގަޅުވެ، ރާއްޖެއިން މި ބަލިން ރަނގަޅުވީ ޖުމްލަ އަދަދު 46 އަށް އަރައިފިއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ރާއްޖެއިން މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި ހިމެނެނީ 31 ދިވެހީންނާއި 15 ބިދޭސީން ކަމަށެވެ. އެންމެ ފަހުން މި ބަލިން ރަނގަޅުވީ މީހުންގެ ތެރޭގައި ހިމެނެނީ 5 ފިރިހެނުންނާއި އަންހެނެކެވެ. މި އެންމެންނަކީ ވެސް ދިވެހިންނެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ރާއްޖޭގައި ކޯވިޑް-19 އަށް އެންމެ ގިނައިން ޕޮޒިޓިވް ވެފައިވަނީ، 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށެވެ.

އަދި މިބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ޢަލާމާތް ފެންނަ މީހުންނަށްވުރެ އެއްވެސް އަލާމާތެއް ނުފެންނަ މީހުން ގިނަކަމަށް ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ފާހަގަ ކުރެއެވެ.

ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 982 އަށް އަރާފައެވެ. ރާއްޖޭގައި މިބަލި ޖެހިގެން 4 މީހަކު ވަނީ ނިޔާވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން